ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މި ކޯޓުން ކުރި ނަންބަރު D15MC/2015/01 އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާނުކުރީމެވެ.
| 
 
  | 
 ރޭންކް: ޖީ. އެސް 3  | 
 ކޯޓު އޮފިސަރ (ދާއިމީ)  | 
 މަޤާމް  | 
|
| 
 ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  | 
 1 (އެކެއް)  | 
 އަދަދު  | 
||
| 
 މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް  | 
 މަސައްކަތް ކުރަންޖެހޭ ތަން  | 
|||
| 
 -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)  | 
 އަސާސީ މުސާރަ  | 
|||
| 
 -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)  | 
 ސަރވިސް އެލަވަންސް  | 
|||
| 
 އަސާސީ މުސާރައިގެ %30  | 
 ޖުޑީޝަލް އެލަވަންސް  | 
|||
| 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
 އިތުރުގަޑީގެ ފައިސާ  | 
|||
| 
 - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
 އަސާސީ ޝަރުޠު  | 
|||
| 
 - ޝަރީޢަތަށް މީހުން ހާޒިރުކުރުމުގައި، ކޯޓުގެ މެޖިސްޓުރޭޓް ނުވަތަ ކޯޓާ އޭރަކު ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެ މަތިން ފިޔަވަޅު އަޅަމުންދިއުމާއި، ކޯޓު އަމުރާއި، ބަންދު އަމުރު، އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން. - ކޯޓުރޫމާ ގުޅޭގޮތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް، ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުން. - ކޯޓާ ހަވާލުވެހުންނަ މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެ މަތިން ދަޢުވާ ފޯމު ޤަޟިއްޔާކުރުން ނުވަތަ މައްސަލަ ހުށަހެޅުމާއި، ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބު ދިނުމަށް، އަންގާ ގޮތެއްގެ މަތިން ދަޢުވާ ފޯމްތަކުގެ ޖަވާބުފޮނުވުން. - މައްސަލަތަކުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް، ކަމާގުޅޭ ފައިލަށް ލުމަށް ހަވާލުކުރަންޖެހޭ މުވައްޒަފާ ހަވާލުކުރުމާއި، މައްސަލަ ނިމޭތާ ގިނަވެގެން މަސްދުވަހުގެތެރޭގައި މައްސަލައިގެ ރިޕޯޓް ލިޔެފައި ފައިލް ހަވާލުކުރުން. - މަޙުޟަރުތައް ލިޔެބެލެހެއްޓުމާއި، ޤަޟީއްޔާތަކާގުޅީގެން ފައިލަށް ލާންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ލެވިފައިހުރިތޯ ބެލުމާއި، މެޖިސްޓުރޭޓް އަންގާފައިވާ ތަރުތީބަކުން އެފަދަ ލިޔުންތައް ފައިލުތަކަށް ލުން. - މެޖިސްޓުރޭޓް އަންގާ ގޮތެއްގެ މަތިން މައްސަލަތައް ތާވަލުކުރުމާއި، ޤަޟިއްޔާތަކާ ގުޅިގެން އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުމަށްޓަކައި ޖަވާބު ތައްޔާރުކުރުމަށް މެޖިސްޓުރޭޓް އަންގާ ގޮތެއްގެ މަތިން ޖަވާބު ތައްޔާރުކުރުމަށް އިދާރީ ކަންކަމާ ހަވާލުވެ ހުންނަ މުވައްޒަފާ ހަވާލުކޮށްގެން ޖަވާބު ތައްޔާރުކުރުމާއި، އެ ސީޓީތަކަށް ޖަވާބު ފޮނުވޭތޯ ބެލުން. - ކުރާ ޙުކުމްތަކާއި، ކޯޓުން އެކިފަރާތްތަކަށް އަންގަންޖެހޭ އެނޫން އެންގުންތައް، ހަވާލުވެ ހުންނަ މެޖިސްޓުރޭޓަކު އަންގާ ގޮތެއްގެ މަތިން އެކަމާހަވާލުވެ ހުންނަ މުވައްޒަފެއް މެދުވެރިކޮށް އެންގުން. - ޝަރީޢަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔުންތައް ތައްޔާރުކުރުން. - ތަޞްދީޤުކުރުމަށް ކޯޓަށް ހުށަހެޅޭ ލިޔުންތަކާމެދު މެޖިސްޓުރޭޓް އަންގާ ގޮތެއްގެ މަތިން ފިޔަވަޅުއެޅުން. - ޝަރީޢަތާގުޅޭ އެންމެހައި ފޮތްތައްލިޔެ ބެލެހެއްޓުން. (މީގެތެރެއިން ވަރީގެ ރަޖިސްޓަރީއާއި، ވަރީގެ ދަފްތަރު، ވަރި ފަސްޚް ތަފްރީޤު ސެޓްފިކެޓް ހަވާލުކުރާ އިސްތިސްނާވާނެއެވެ.) - ކޯޓުގެ މެއިލް ކޮންމެ ދުވަހަކުވެސް ބަރާބަރަށް ޗެއްކުރަމުން ގެންދިއުމާއި، ޖަވާބުދޭންޖެހޭ ތަކެއްޗަށް އެކަމާގުޅޭ މުވައްޒަފަކާ ހަވާލުކޮށްގެން ޖަވާބުފޮނުވުމުގެ ކަންކަން ބެލެހެއްޓުން. - މުއްދަތުޖެހުމަށާއި، އެނޫންވެސް އަމުރެއްދިނުމަށް ނުރަސްމީ ގަޑީގައި ކޯޓް ހުޅުވަން ޖެހިއްޖެނަމަ، އެކަމާގުޅޭ އެންމެހައި ކަންކަން އިންތިޒާމްކުރުން. - ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ، އެ މަސައްކަތްވެސް ކުރުން.  | 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު  | 
|||
| 
 - ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމް، ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)  | 
 ހުށަހަޅަންޖެހޭ ތަކެތި  | 
|||
| 
 - 2015 ޖަނަވަރީ 29 ވަނަ ދުވަހުގެ 14:30 ގެ ކުރިން ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. - އެޕްލިކޭޝަން ފޯމް ފެކުހުންނާއި އީމެއިލުން ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.  | 
 ސުންގަޑި  | 
|||
| 
 - ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށްފައި، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ އެ ފޯމް ބާޠިލުވާނެއެވެ. - މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ.  | 
 އިތުރު މަޢުލޫމާތު  | 
|||
1 ރަބީޢުލްއާޚިރު 1436