ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެރ.މަޑުއްވަރީސައިޓްގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
| މަޤާމް: | އެސިސްޓެންޓް ވެލްޑަރ | 
| ބޭނުންވާ ޢަދަދު: | 01 (އެކެއް) | 
| މަޤާމުގެ ގިންތި: | ކޮންޓްރެކްޓް | 
| ކްލެސިފިކޭޝަން / ރޭންކް: | އެސިސްޓެންޓް އޮފިސަރ -ގްރޭޑް 3 | 
| އަސާސީ މުސާރަ: | މަހަކު 4500.00 ރުފިޔާ | 
| އެހެނިހެން ޢިނާޔަތްތައް: | - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 1800/-ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ރ.މަޑުއްވަރީ ޕްރޮޖެކްޓް ސައިޓު | 
| ފެންވަރު ނުވަތަ ޝަރުތު: | - އަސާސީ ތައުލީމު ލިބިފައިވުމާއެކު ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވުން. - މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ސިއްހަތެއްގައި ހުރުން. | 
| ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: | - ސައިޓުގެ މަސައްކަތަށް ބޭނުންވާ ވެލްޑިންގ އަދި މެކޭނިކަލްގެ އެންމެހާ މަސައްކަތްތައް ސެކްޝަންގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން. | 
| މަޤާމް: | މޭސަން | 
| ބޭނުންވާ ޢަދަދު: | 02 (ދޭއް) | 
| މަޤާމުގެ ގިންތި: | ކޮންޓްރެކްޓް | 
| ކްލެސިފިކޭޝަން / ރޭންކް: | އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3 | 
| އަސާސީ މުސާރަ: | މަހަކު 4500.00 ރުފިޔާ | 
| އެހެނިހެން ޢިނާޔަތްތައް: | - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 1800/-ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ރ.މަޑުއްވަރީ ޕްރޮޖެކްޓް ސައިޓު. | 
| ފެންވަރު ނުވަތަ ޝަރުތު: | - އަސާސީ ތައުލީމު ލިބިފައިވުމާއެކު އިމާރާތްކުރުމުގެ ދާއިރާއިން ތަޖުރިބާ އާއި ހުނަރު ލިބިފައިވުން. - މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ސިއްހަތެއްގައި ހުރުން. | 
| ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
 | - ރާނައި ސިމެންތި ޖެހުން. - ޕްރޮޖެކްޓްގެ ޝެޑިއުލް އާއި އެއްގޮތްވާގޮތުގެ މަތިން ސިމެންތީގެ އެންމެހާ މަސައްކަތް ކުރުން. - ޕްރޮޖެކެޓްގެ ސުޕަވައިޒަރު އަންގާ ޕްރޮޖެކްޓްގެ އެހެނިހެން މަސައްކަތް ކުރުން. | 
| މަޤާމް: | ސަޕޯޓް ސްޓާފް | 
| ބޭނުންވާ އަދަދު: | 07 (ހަތެއް) | 
| މަޤާމުގެ ގިންތި: | ކޮންޓްރެކްޓް | 
| ކްލެސިފިކޭޝަން / ރޭންކް: | ސަޕޯޓް ސްޓާފް - ގްރޭޑް 5 | 
| އަސާސީ މުސާރަ: | މަހަކު 3500.00 ރުފިޔާ | 
| އެހެނިހެން ޢިނާޔަތްތައް | - އެހެނިހެން އެލަވަންސް : 4500.00 ރުފިޔާ - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ރ.މަޑުއްވަރީ ޕްރޮޖެކްޓް ސައިޓު | 
| ފެންވަރު ނުވަތަ ޝަރުތު: | ޞިއްޙަތު ރަނގަޅު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން. | 
| ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: | - ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން. - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން. - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން. - މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން. - ޕްރޮޖެކްޓް ސުޕަވައިޒަރު ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން. | 
| ސުންގަޑި: | -މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 09 މޭއި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. -ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 | 
| އިންޓަވިއު: | މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މޭއި މަހުގެ ތާރީޚެއްގައެވެ. | 
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. | 
13 ޝައްވާލް 1444