ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)342/2023/68
                    ޕަބްލިޝްކުރި ތާރީޚް: 04 މޭ 2023
                    ޕަބްލިޝްކުރި ގަޑި:  15:23
                    
                އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު ކަނޑައެޅުން
                                އިޢުލާން
ގަވާއިދު ނަންބަރު 2022/R-181 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު" ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އއ. މަތިވެރިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ކުރުމަށް ޓަކައި، އެ ގޯތި ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ބިން އަމިއްލަ ކުރުމުގެ އަގުގެ ގޮތުގައި، 11 އެޕްރީލް 2023 ގައި ބޭއްވުނު އއ. މަތިވެރީ ކައުންސިލްގެ 4 ވަނަ ދައުރުގެ 110 ވަނަ އާންމު ޖަލްސާއިން ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 50.00 (ފަންސާސް) ރުފިޔާ އެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                04 މޭ 2023