ދިވެހިރާއްޖެ
އިޢުލާން
ގދ ތިނަދޫގައި ސަންސެޓް ޑެކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް
ގދ ތިނަދޫގައި ސަންސެޓް ޑެކެއްތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސަންސެޓް ޑެކެއް ތައްޔާރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 15 މެއި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް projects@thinadhoo.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 މެއި 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 ރެޖިސްޓްރޭޝަން މުއްދަތު  | 
 03 މެއި 2023 – 15 މެއި 2023  | 
 
  | 
 
  | 
 ގދ.ތިނަދޫ ކައުންސިލް އިދާރާ  | 
| 
 ބީލަން ހުށަހެޅުން  | 
 22 މެއި 2023  | 
 ހޯމަ  | 
 13:00  | 
 ގދ.ތިނަދޫ ކައުންސިލް އިދާރާ  |