މުބާރާތް
ނަންބަރު: (IUL)138-IS2/138/2015/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 1622
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އެވަޔަރނަސް ޗެލަންޖާ ގުޅޭ

މި މިނިސްޓްރީން 2015 ވަނަ އަހަރު ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމުގެ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ޢިިމާރާތްކުރުމުގެ ދާއިރާއާ ގުޅޭގޮތަށް އެކުލަވާލާތަކެތި ބޭނުންކޮށްގެން "ކޮންސްޓްރަކްޝަން އެވެއަރނަސް ޗެލަންޖް"ގެ ނަމުގައި ވޯލް އާރޓް އަދި ތްރީޑީ (3D) މޮޑެލް ހެދުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތާބެހޭ މަޢުލޫމާތު ޕޯސްޓަރު މި މިނިސްޓްރީގެ ވެބްސައިޓު www.housing.gov.mv ގައި ޝާއިޢު ކޮށްފައިވާނެއެވެ.

މިމުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ވަނަތަކަށް އަންނަ ފަރާތްތަކުގެ މަސައްކަތް މި މިނިސްޓްރީއިން ބައިވެރިވާ ފެއަރތަކުގައި ޢާންމުންނަށް ދައްކާލުމަށް ބެހެއްޓޭނެއެވެ.                                                      

21 ރަބީޢުލްއައްވަލް 1436

2015-01-12