ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2023/132
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި:
04 އެޕްރީލް 2023 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 މެއި 02 އަދި 03 ވަނަ ދުވަހު ޅ.މާފިލާފުށީގައި އެމް.އެން.ޑީ.އެފްއިން ކުރިއަށް ގެންދާ ތަމްރީން ތަކާއި ގުޅޭ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 މެއި 02 އަދި 03 ވަނަ ދުވަހުގެ 18:00 އިން 00:00 އަށް ޅ. މާފިލާފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ޅ. މާފިލާފުށީގެ އިރު ދެކުނުން 4600 މީޓަރ ދުރުމިނަށެވެ. އަދި، ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
30 އެޕްރީލް 2023