ދިވެހިރާއްޖެ
އިޢުލާނު |
|||||||||||
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||
މަޤާމުގެ ނަންބަރު: |
J-326303 |
||||||||||
އޮފީސް ސެކްޝަން: |
ރެޖިސްޓްރޭޝަން ސެކްޝަން |
||||||||||
ބޭނުންވާ އަދަދު: |
01 |
||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||
މަޤާމުގެ ރޭންކު: |
ޖީ. އެސް. 3 |
||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ 5 ވަނަ ފަންގިފިލާ) |
||||||||||
މުސާރަ: |
4465.00 |
||||||||||
ސަރވިސް އެލަވަންސް: |
1500.00 |
||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1-ފަތުރުވެރިންނަށް ޚިދުމަތްދޭ ޓޫރިސްޓް ރިސޯޓް، ހޮޓެލް، ގެސްޓް ހައުސް، އުޅަނދުފަހަރު، ފީނުމުގެ ވިޔަފާރި ހިންގާ މަރުކަޒުތައް އަދި ޓްރެވަލް އެޖެންސީ މިމިނިސްޓްރީގައި ރަޖިސްޓްރީކޮށް ހުއްދަ ދޫކޮށް އަދި މިތަންތަނުގެ ރަޖިސްޓަރީ/ހުއްދާއިގެ މައުލޫމާތު ޤަވާއިދުން ބެލެހެއްޓުން. 2- ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތްތަކާއި އަދި އެތަންތަނުގެ ފެންވަރުހުރީ ޤަވާއިދާ އެއްގޮތަށްތޯ ބަލާ އިންސްޕެކްޓްކޮށް ރިޕޯޓް ތައްޔާރުކުރުން. 3- ރާއްޖެއަންނަ ބޭރުގެ އުޅަނދުފަހަރަށް ދޫކުރަންޖެހޭ ހުއްދަ ކަނޑައެޅިފައިވާ އުސޫލުތަކާއިއެއްގޮތަށް ދޫކުރުން. 4- ކަނޑައެޅޭ އުސޫލުތަކާއި އެއްގޮތަށް ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ތަންތަނުގެ އެނދުގެ އަދަދު އިތުރުކޮށްދިނުން. 5- ޓޫރިސްޓް ގައިޑްކަމުގެ ފާސްދޫކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން. 6- ފަތުރުވެރިންގެ ރަމްޒީ ކައިވެނިކޮށްދޭ ފަރާތްތަކަށް ދެވޭ ހުއްދަ ދޫކުރުން. 7-ރެޖިސްޓްރޭޝަން ސެކްޝަންގެ ލިޔެކިއުންތައް ބެލެހެއްޓުމާއި އިދާރީ މަސައްކަތް ކުރުން. 8- އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން |
||||||||||
މަޤާމުގެ ޝަރުޠުތައް: |
1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، 2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނޯޓް: މަތީގައިވާ ދެވަނަ ޝަރުޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް. 3 ގެ ޝަރުޠުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި (އެ ސަނަދުން މަޤާމަށް ޝަރުޠު ހަމަވާކަމުގައި) ބަލަންވާނެއެވެ. |
||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:
މަޤާމުގެ ކޯ ޑިސިޕްލިން:
|
|||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މެއި 2023ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ. |
||||||||||
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||
އިންޓަރވިއު އާއި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 09 މެއި އާއި 25 މެއި 2023 ޢާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ. |
||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |