ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2023/135
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 02 މޭ 2023 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ - މިނިސްޓްރީ އޮފް ހެލްތް

މި އިޢުލާންވަނީ 28 މޭ 2023 11:19 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ

މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

 ޑިރެކްޓަރ   

މަޤާމުގެ ނަންބަރު

 J-346361 

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން

 ޑިރެކްޓަރ

ޑިވިޝަން/ ސެކްޝަން

 ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާރވިސަސް ޑިވިޜަން، ހެލްތް ފެސިލިޓީސް ކޯޑިނޭޝަން އެންޑް      މޮނިޓަރިންގ ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

މުސާރަ

 -/8,835 ރުފިޔާ

ސަރވިސް އެލަވަންސް

 -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
 3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1،100 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހެލްތު މެނޭޖުމަންޓް، ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން، ހެލްތް ސަރވިސް މެނޭޖްމަންޓް)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. މިނިސްޓްރީގެ ދަށުން އުތުރު އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލުތަކަށާއި ޞިއްޙީ މަރުކަޒުތަކުގެ ޙިދުމަތް މެދު ނުކެނޑި ދިނުމަށްތަކައި ބޭނުންވާ ވަސީލަތްތަކާއި އާލަތްތައް، ކަމާއި ގުޅޭ ޑިވިޜަންތަކުން ފޯރުކޮށްދޭތޯ ކަށަވަރުކުރުމާއި، ފޯރުކޮށްދޭތަކެތީގެ ތެރެއިން މަދުން ބޭނުންކުރެވޭ އަދި އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ ތަކެތި ދެނެގަނެ، މުޅި ރާއްޖޭގެ ސްޓޮކް އިސްރާފް ކުޑަކޮށް މެނޭޖްކުރުމަށް ފަންނީ ލަފާދިނުމާއި، ކަމާއި ގުޅޭ ޑިވިޜަންތަކަށް އެހީތެރިވެދީ، ޒަމާނާއި އެއްގޮތަށް ޙިދުމަތް ބައްޓަންކުރުން.
 2. ހޮސްޕިޓަލްތަކާއި ޞިއްހީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކުގެ އެފިޝެންސީ ރަނގަޅު ކުރުމުގެ ގޮތުން ކުރެވޭ ޚަރަދާއި ދެވޭ ޚިދުމަތުގެ ފެންވަރު ބަލައި، ރިވިއުކޮށް ރަނގަޅުކުރަންޖެހޭ ކަންކަން އެތަންތަނަށް އަންގާ މޮނިޓަރ ކުރުން.
 3. ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ ހެލްތް ވޯރކްފޯސްގެ ޑޭޓާ ކޮންމެ 3 މަހުން އެއްމަހު ނަގައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެމައުލޫމާތު ފޯރުކޮށް ދިނުން.
 4. ލާމަރުކަޒީ އުސޫލުން އަތޮޅުތަކުން ލިބެން ހުންނަތަކެތި އެތަންތަނުންހޯދުމުގެ ކަންތައްތަކުގައި އެހީތެރިވެދީ ވިލަރެސްކުރުން.
 5. ހޮސްޕިޓަލުތަކާއި ޞިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ބުރޫނާރާ، އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 6. އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ރޯގާތަކާއި ކާރިސާތަކުގައި ބޭނުންވާ މެޑިކަލް ސަޕްލައިޒް ސަޕްލައިކުރެވޭ މިންވަރު ބަލައި މޮނިޓަރ ކުރުން.
 7. ޞިއްހީ ޚިދުމަތްދޭ ތަންތަނުގައި ހުރި މެޝިންތަކާއި އިކުއިޕްމަންޓްތައް ރިޕެއަރކޮށް ބެލެހެއްޓުމަށް އިންޖިނިއަރުން ފޮނުވާ އެހީތެރިކަން ފޯރުކޮށްދިނުން.
 8. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރެވޭ މެޝިންތަކުގެ މޫވްމަންޓްސް ބެލުމާއި އެތަކެތި އަނބުރާ ހުރިތަނަށް ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ފޮނުވުން.
 9. ބަޔޯމެޑިކަލްއިން ގަވައިދުން ބަލަހައްޓަންޖެހޭ މެޝިނަރީއާއި އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ އާއި ހިސްޓްރީ ބެލެހެއްޓުމާއި ރިޕެއަރ ކުރުމަށް ގެނެވޭ ތަކެތި ރަނގަޅު ކުރުމަށްފަހު އަނބުރާ ފޮނުވުމާއި ލިޔުމުން އެކަން ބެލެހެއްޓުން.
 10. މިނިސްޓްރީގެ ދަށުން ހިނގާ ހޮސްޕިޓަލުތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބްލްއާއި އަދި ބޭނުންވާ ބޭހުގެ ރިކުއަރމެންޓްސް ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ހޯދުމާއި ލިސްޓްތައް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން.
 11. މިނިސްޓްރީގެ ދަށުން ހިނގާ ހޮސްޕިޓަލްތަކަށާއި ހެލްތް ސެންޓަރުތަކަށް ފޮނުވޭ މެޑިކަލް ކޮންސިއުމަބްލްއާއި ބޭސް އެތަންތަނުން ބޭނުންކުރެވޭވަރު ގަވާއިދުން ބަލާ މޮނިޓަރ ކުރުމާއި އާއްމު ޞިއްޙަތަށް ނުރައްކާވާފަދަ ރޯގާތަކާއި ކާރިސާތަކުގައި ބޭނުންވާ މެޑިކަލް ސަޕްލައިޒް ސަޕްލައިކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމުގެ މަސައްކަތް ކުރުން.
 12. ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ތަޢާރަފްކުރެވޭ ޚިދުމަތްތަކާއި މަޝްރޫޢުތައް ތަންފީޒު ކުރުމަށް އެހީތެރިވެ ކުރެވޭ ވަރު ބަލައި މޮނިޓަރ ކުރުން.
 13. ޞިއްހީ ޚިދުމަތާގުޅޭ ހޮސްޕިޓަލުތަކާއި ޞިއްހީ މަރުކަޒުތަކުގެ އުމްރާނީ ހާލަތު ބަލައި ޢިމާރާތްކުރުމާއި މަރާމާތު ކުރަންޖެހޭ ތަންތަނުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލުތަކާ އެއްގޮތަށް މަސައްކަތް ކުރެވެމުންދޭތޯ ބަލައި މޮނިޓަރ ކުރުމާއި އެކަންކަމުގައި އެހީތެރިވެދިނުން.
 14. ޖީޕީ ސަރވިސަސްގެ ޚިދުމަތާއި އައުޓްރީޗް ޕްރޮގްރާމްތައް ރާވާ ހިނގަމުންދާގޮތް ބަލައި މޮނިޓަރކުރުން އަދި ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
 15. ޞިއްޙީ ޚިދުމަތާގުޅޭ ތަފާސް ހިސާބުތަކަށް ބޭނުންވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްކަށް ގަވާއިދުން މަރުކަޒުތަކުން ފޮނުވަމުން ގެންދޭތޯ ބަލައި މޮނިޓަރކުރުން.
 16. މިނިސްޓްރީގެ ދާއިރާ އައި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ މަސައްކަތް އެތަންތަނުން ކަނޑައަޅާފައިވާ ސްޓެންޑާރޑް ގައިޑްލައިންސް އާއި އެއްގޮތް ވާގޮތުގެ މަތިން އުތުރު އަތޮޅުތެރޭގެ ސިއްޙީހިދުމަތްދޭ ހޮސްޕިޓަލް އަދި މަރުކަޒުތަކުގައި ކުރަމުންދޭތޯ ބަލައި މޮނިޓަރ ކުރުން އަދި ޤަވައިދުން ހިންގަން ކަނޑައަޅާފައިވާ އާންމު ސިއްޙަތު ކުރިއެރުވުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ޤަވާއިދުން ހިންގާ ރިޕޯރޓް ކުރަމުންދޭތޯ މޮނިޓަރކޮށް ފަންނީ ލަފާ އެރުވުން.
 17. އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ސްޓޮކްގައިހުރި  ނައްތާލަންޖެހޭ ތަކެތި ( ބޭސް އަދި ކޮންސިއުމަބަލްސް ފިޔަވައި) ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ނައްތާލުމާއި ނީލަން ކިޔުމުގެ ކަންތައް ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުންދޭތޯ ބަލައި މޮނިޓަރ ކޮށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
 18. އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންތައްތައް ބަލައި މޮނިޓަރ ކޮށް، ހޮސްޕިޓަލް އަދި ސިއްޙީމަރުކަޒުތަކުގެ އިންޗާޖްއިންނަށް ވިލަރެސްކޮށްދިނުމުގައި އެހީތެރިވެދީ، ފަންނީ ލަފާ އެރުވުން.
 19. ޑިވިޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތްތައް ސުޕަވައިޒްކުރުމުގެ މަސައްކަތްތަކާއި ޕާފޯމަންސް އެޕްރައިސަލް ގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާރީހަށް ނިންމުން.
 20. އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް އަދި ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

 1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9 ގެ މާސްޓާރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

 • ކޮމިއުނިޓީ ހެލްތު 
 • ގްލޯބަލް ހެލްތު ޕޮލިސީ
 • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
 • ހެލްތު މެނޭޖުމަންޓް
 • ހެލްތް ރިސަރޗް
 • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
 • ހެލްތް ސަރވިސް މެނޭޖްމަންޓް
 • ހެލްތު ސްޓެޓިސްޓިކްސް
 • އިންޓަރނޭޝަނަލް ހެލްތު 
 • އިންޓަނޭޝަނަލް ރިލޭޝަންސް
 • ޕޮލިސީ ސްޓަޑިޒް
 • ޕްރައިމަރީ ހެލްތުކެއަރ
 • ޕްރޮޖެކްޓު މެނޭޖުމަންޓު 
 • ޕަބްލިކް ހެލްތު
 • ޕަބްލިކް ޕޮލިސީ  

 

 މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:

 • ހެލްތު މެނޭޖުމަންޓް
 • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
 • ހެލްތް ސަރވިސް މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާ

 • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ   ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ   ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި   ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ:  (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް   ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް   ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް   ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު   ހިމަނާފައިވާ ނަމައެވެ.)

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން   ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ   މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ   ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ  ލިޔުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް  (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)   ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ   އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،   ވަޒީފާގެ  މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ   ނަމަވެސް)  ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ   މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި   އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ   އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ   ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް   ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ   ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން 

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ   ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 ޕްރެޒެންޓޭޝަން

10

 އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 2 މޭ 2023 ވަނަ ދުވަހުގެ 13:30 ގެ   ކުރިން  [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،   އެ  ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،   ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

 މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި   ޕްރެޒެންޓޭޝަން އޮންނާނީ، 2023 މޭ އަދި ޖޫން މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ   ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު،   ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ   ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު   ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ   ތެރޭގައި އެ ޝަކުވާއެއް[email protected]  އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

24 އޭޕްރިލް 2023