ޢާންމު މަޢުލޫމާތު
ނަންބަރު: 198-L/2023/68
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 13:05
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
"ޝަރީޢަތްތަކުގައި ދެކެވޭ ވާހަކަތައް މަޙްޟަރުކުރާ ފަރާތްތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު

ޢަތްތަކުގައި ދެކެވޭ ވާހަކަތައް މަޙްޟަރުކުރާ ފަރާތްތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު

ދިވެހިރާއްޖޭގެ ކޯޓުތަކުން ހިންގާ ޝަރީޢަތްތަކުގެ ރިކޯޑިންގ އަޑު އަހައިގެން އެ ވާހަކަތައް މަޙްޟަރުކުރުމަށް (ލިޔެދިނުމަށް) ޝައުޤުވެރިކަން ފާޅުކޮށް، އެ ކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން "ޝަރީޢަތްތަކުގައި ދެކެވޭ ވާހަކަތައް މަޙްޟަރުކުރާ ފަރާތްތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީ ކުރެވޭ ފަރާތްތަކުން، ޝަރީޢަތުގެ މަޖުލިސްތަކުގައި ދެކެވޭ ވާހަކަތައް މަޙްޟަރުކުރުމުގައި، ޢަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލު މިހާރު ވާނީ އާންމުކޮށްފައެވެ.

މި އުސޫލުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ހިންގާ ޝަރީޢަތްތަކުގައި ދެކެވޭ ވާހަކަތަކުގެ ރިކޯޑިންގ އަޑުއަހައިގެން އެ ވާހަކަތައް ލިޔުމުގައި ކޯޓުތަކަށް ދިމާވާ ދަތިކަން ޙައްލުކޮށް، ޝަރީޢަތުގައި ދެކެވޭ ވާހަކަތައް އަވަސްކަމާއެކު ލިޔެވޭނެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި މި އުސޫލުގެ ދަށުން އެކުލަވައިލެވޭ ދަފުތަރުގައި ރަޖިސްޓަރީވާ ފަރާތްތައް ކޯޓުތަކަށް ހާޒިރުވެގެން، އެ މީހުންނާ ހަވާލުކުރެވޭ ރިކޯޑިންގތައް ލިޔުމެވެ.

މި އުސޫލުގެ ދަށުން ދަފުތަރު ކުރެވޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި މި އުސޫލުގެ ދަށުން މަސައްކަތްކުރާނެ ގޮތް އަދި މަސައްކަތުގެ އުޖޫރައާ އެހެނިހެން މުހިންމު މަޢުލޫމާތު، ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://gazette.gov.mv/gazette/6776

 މި ކަމާއިބެހޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި ޑިޕާޓްމަންޓް ނަންބަރު 3340782 ނުވަތަ 3340846 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ސާފުކުރާ ފޯމު، މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުންވެސް މި ފޯމު ލިބެން ހުންނާނެއެވެ. ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމާ އަދި ކުށުގެ ރެކޯޑު ސާފުކުރާ ފޯމު ފުރިހަމަކުރުމަށްފަހު މި ޑިޕާޓްމަންޓުގެ ކައުންޓަރަށްވެސް އަދި މި ޑިޕާޓްމަންޓުގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވޭނެއެވެ.

 ވީމާ މި ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

24 އެޕްރީލް 2023