ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2023/125
ޕަބްލިޝްކުރި ތާރީޚް: 19 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 11 މޭ 2022 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ސިފައިންގެ ވަޒީފާގެ ފުރުޞަތު

ސިފައިންގެ ވަޒީފާގެ ފުރުޞަތު

ފެންވަރު ނުވަތަ ޝަރުތު:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން.
  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައި ވުން.
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން.
  • އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި،  އަންހެން: 5 ފޫޓް 3 އިންޗި).
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން.

ނޯޓް:

  • ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ.
  • މިއިޢުލާނުގެ ބޭނުމަށް އުމުރު ފުރާ ބަލާނީ 2023 މެއި 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް (ވެބްސައިޓް: www.defence.gov.mv) އަދި އެމް.އެން.ޑީ.އެފްގެ (ވެބްސައިޓް: www.mndf.gov.mv) ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއިއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  • ވަޒީފާ އަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެން 2023 މެއި 11 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައި ދެންނެވިފައިވާ އެމް.އެން.ޑީ.އެފްގެ މަރުކަޒުތަކުގެ އިތުރުން މިނިސްޓްރީ އޮފް ޑިފެންސްއިންނެވެ.
  • އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • ނޮދަން އޭރިއާ ކޮމާންޑް
  • އެމް.އެން.ޑީ.އެފް ހދ. ކުޅުދުއްފުށި ޕޯސްޓް
  • ޅ. ނައިފަރު ފަޔަރ ސްޓޭޝަން

ނޯޓް: އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީމެއިލަށެވެ.

 

  • ގްރޭޓަރ މާލެ އޭރިއާ ސަރަހައްދު
  • މިނިސްޓްރީ އޮފް ޑިފެންސް

ނޯޓް: އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީމެއިލަށެވެ.

 

  • ސެންޓްރަލް އޭރިއާ ކޮމާންޑް
  • ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް (ލ. ކައްދޫ)
  • އެމް.އެން.ޑީ.އެފް ދ. ކުޑަހުވަދޫ ޕޯސްޓް
  • އެމް.އެން.ޑީ.އެފް މުލީ ޕޯސްޓް (މ.މުލި)

ނޯޓް: އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީމެއިލަށެވެ.

 

  • ސަދަން އޭރިއާ ކޮމާންޑް
  • ސަދަން އޭރިއާ ހެޑްކްއޯޓަރޒް (ސ. ގަން)
  • އެމް.އެން.ޑީ.އެފް ޏ. ފުވައްމުލަކު ޕޯސްޓް
  • ފ. ނިލަންދޫ ފަޔަރ ސްޓޭޝަން
  • ސ. ހިތަދޫ ފަޔަރ ސްޓޭޝަން
  • ގދ. ތިނަދޫ ފަޔަރ ސްޓޭޝަން

ނޯޓް: އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީމެއިލަށެވެ.

 ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒަކަށް ނުވަތަ މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީމެއިލަށެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް މިނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މިޕްލެޓްފޯމް ލިންކަކީ:http://message.gov.mv/en/messages އެވެ. އަދި އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.

  • އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމް މިނިސްޓްރީއަށް ލިބުނުތޯ ބެއްލެވުމަށް 7522601 މެސެޖްކޮށްދެއްވުން އެދެމެވެ. މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު: 3035830 އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

  28 ރަމަޟާން 1444

19 އެޕްރީލް 2023