| 
 މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ވަޒަންކުރަން ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. ވީމާ، މިޕޫލްގައި ރަޖިސްޓްރީވުމަށް މިދާއިރާގެ މަސައްކަތްކުރަށްވާ ފަރާތްތަކަށް ހުޅުވާލަމެވެ. 
 | 
| 
 މަޤާމު: 
 | 
 ފަނޑިޔާރުން 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 މޯލްޑިވްސް މީޑިއާ ކައުންސިލް، ކ. މާލެ 
 | 
| 
 މުސާރަ: 
 | 
 5000 ރުފިޔާ  
 | 
| 
 އެހެނިހެން އެލަވަންސް 
 | 
 ހަމަޖެހިފައިވާ އުޞޫލުން ފަޑިޔާރެއް ނިސްބަތްވާ ޕެނަލްއަކުން މާރކް ކުރާ ކޮންމެ އުފެއްދުމަކަށް 150 ރުފިޔާ ރޭޓޫން ދެވޭނެއެވެ. 
 | 
| 
 ޝަރުޠުތައް: 
  
 | 
- މީޑިއާ ނުވަތަ ޖާނަލިޒަމް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ފަޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.
 
- މުސްލިމަކުކަމުގައިވުން.
 
- ދިވެހި ރައްޔިތެއްކަމުގައިވުން.
 
- ބުއްދި ސަލާމަތުން ހުރުން.
 
- އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން.
 
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
 
- ދައުލަތުގެ އިދާރާއަކަށް ދައްކަންޖެހިފައިވާ ފައިސާއެއް އޮވެ، ކަނޑައަޅާފައިވާ ގޮތުގެމަތިން ދައްކަމުންނުދާ މީހަކު ކަމުގައި ނުވުން.
 
- ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކުކަމުގައި ނުވުން.
 
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް، ނުވަތަ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
 
  | 
| 
 މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- 'ނޫސްވެރިކަމުގެ އިނާމް 2022' ގެ އެވޯޑަށް ނަން ހުށަހެޅި ފަރާތްތަކުގެ ލިޔުންތެރިކަމުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް މާކްސް ދީ ނިމުމުން ކައުންސިލަށް ރިޕޯޓް ހުށަހަޅަންވާނެއެވެ.
 
- ކައުންސިލުން ހަވާލުކުރެވޭ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން ކައުންސިލަށް އަނބުރާ ރައްދުކުރަންވާނެއެވެ.
 
- ފެންވަރުބަލައި މަސައްކަތް ވަޒަންކޮށް ފަނޑިޔާރުން މާކުސް ދެއްވުމުގައި ނަޒާހާތްތެރިކަމާއި ތެދުވެރިކަމާއި، ހަމަހަމަކަމާއި އެކު ހަޤީގަތާއި އެއްގޮތައް އިންސާފުވެރިކަމާއި އެކު މިންކުރުން.
 
- އިނާމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި ލިއުންތައް ކައުންސިލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ނިންމަންވާނެއެވެ.
 
- އިނާމަށް ހުށަހެޅި ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޓްކޮށް ނިމޭތާ 10 ދުވަސް ތެރޭގައި "ފަނޑިޔާރުންގެ ރިޕޯޓް" ކައުންސިލަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ކަންކޮށްފައިވާގޮތާއި ދިމާވި ދަތިތަކާއި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރާނެ ކަންކަން ހިމަނަންވާނެއެވެ.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުންނާއި  (www.mmc.org.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގެ މަރުކަޒަކުން ހޯދާފައިވާ ސެޓްފިކެޓެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރު މަރުކަޒަކުން ނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކުރަން ޖެހޭނެއެވެ)
 
- ލިބިފައިވާ ތަޖުރިބާތަކުގެ ރެފެރަންސް ސިޓީގެ ކޮޕީ.
 
  | 
| 
 އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
 ތައުލީމް (%40) 
ތަޖުރިބާ (%60) 
 | 
| 
 އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (7 މެއި 2023) ގެ (13:00) ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، 2 ވަނަ ފަންގިފިލާ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމުތައް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. 
ނޯޓް: އީ މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިއުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީޑީއެފް (PDF) ފޯމެޓްގައި މެއިލް ކޮށްދެއްވުން އެދެމެވެ. 
  
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ. 
އީ-މެއިލް ކުރާނީ [email protected]އަށެވެ. 
  
 |