މަސައްކަތް
ނަންބަރު: (IUL)88-IIHR/1/2015/1
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 28 ޖަނަވަރީ 2015 12:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމަށް

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓަކީ ފަތުރުވެރިކަމުގެ ސިނާޢަތް ތިމާވެށްޓާއި ރަޙުމަތްތެރި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތަކަށް ރައްކާތެރި ޞިނާޢަތަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން މި ޕްރޮޖެކުޓުން 25 ފެބުރުވަރީ 2015 ގައި ބާއްވަން ހަމަޖެހިފައިވާ "ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އިންވެސްޓްމެންޓް ފޯރަމް" އިންތިޒާމުކޮށް ރޭވުމަށްޓަކައި، އެ ފޯރަމަށް ކޮންސަލްޓެންޓެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 12:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް މިމިނިސްޓްރީއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓު www. tourism.gov.mv އިން ލިބެން ހުންނާނެއެވެ.

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ ، 5ވަނަފަންގިފިލާ

އަމީރުއަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 00 30222 ، ފެކްސް 2512 332

އީމެއިލް:[email protected]

ވެބްސައިޓް:www.tourism.gov.mv

15 ޖަނަވަރީ 2015