ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2015/3
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 26 ޖަނަވަރީ 2015 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓަށް އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނުން މީހުން ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިކަން ހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

06 (ހައެއް)

މަސައްކަތުގެ މުއްދަތު:

6 މަސްދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/4,465 ރުފިޔާ

ސަރވިސް އެލަވަންސް 3,062/75 ރުފިޔާ

ފެންވަރު/ޝަރުޠު

ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތަޢުލީމު ލިބިފައިވުން

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އީ-ގަވަރމަންޓްގެ ޚިދުމަތްތައް ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. އީ-ގަވަރމަންޓް ނިޒާމުގެ މަސައްކަތް އެންމެ ފުރިހަމަކޮށް އަދި ހަލުވި ކަމާއި އެކު ކުރިއަށް ގެންދިއުމަށް މިއޮފީހުގެ ހެލްޕްޑެސްކް އިން ބޭނުންވާ އެހީ ފޯރުކޮށްދިނުން
  3. އީ-ގަވަރމަންޓްގެ ޚިދުމަތްތަކަށް އަހުލުވެރިކުރުމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް، އެފް.އޭ.ކީއު، ޔޫސަރ މެނުއަލް އަދި އެހެނިހެން ލިޔެކިއުން ތައްޔާރުކުރުމާއި ތަމްރީނު ދިނުން.
  4. އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  5. ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކަށް އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި ރަށްރަށަށް ދިއުމަށް ދަތުރު ހަމަޖެއްސުމާއި އެރަށްރަށަށް ދަތުރުކޮށް އީ-ގަވަރމަންޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  6. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:  މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 26 ޖަނަވަރީ 2015 ވާ  ހޯމަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015