ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-SA/22/2023/115
ޕަބްލިޝްކުރި ތާރީޚް: 16 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 11:22
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2024-2023 ދިރާސީ އަހަރު މާލޭ ސަރަޙައްދުގެ ސަރުކާރުގެ ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދިނުމާ ގުޅޭ

އިޢުލާން

2023-2024  ދިރާސީ އަހަރު މާލޭ ސަރަޙައްދުގެ ސަރުކާރުގެ ސްކޫލުތަކުގެ ގްރޭޑް 1 ށް ކުދިން ވެއްދުމަށް ފޯމު ހުށައެޅުން ޚާއްޞަކުރެވިފައިވަނީ، 2023 އޭޕްރީލް 24 ން ފެށިގެންނެވެ.  އަދި މާލޭ ސަރަޙައްދުގެ ސަރުކާރުގެ ސްކޫލުތަކުގެ އެހެން ގްރޭޑްތަކުގެ ޖާގަ ހޯދުމަށް ފޯމު ހުށައެޅުން ހުޅުވާލާނީ 2023 ޖޫން 22 ން ފެށިގެންނެވެ.

މާލޭ ސަރަޙައްދުގެ ސަރުކާރުގެ ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށައަޅާ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ލިންކް: https://myoffice.moe.gov.mv/forms/id/2

16 އެޕްރީލް 2023