ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2023/102
ޕަބްލިޝްކުރި ތާރީޚް: 11 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 20 އެޕްރީލް 2023 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑްރައިވަރ

މަޤާމް :އެސިސްޓެންޓް ޑްރައިވަރ
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެސިސްޓެންޓް ޑްރައިވަރ

މަޤާމުގެ ރޭންކް

TP8

ބޭނުންވާ ޢަދަދު:

03

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ކޯޕަރޭޓް ސާރވިސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/5,400 ރުފިޔާ

ސަރވިސް އެލަވަންސް

-/3,000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ·     ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • ·     އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ·     ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ·     ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ·     މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އޯ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އެއްގޮތަށް ލޮޖިސްޓިކް އޮފިސަރުން އަންގާ ގޮތުގެމަތިން ކުންފުނީގެ ވެހިކަލްތަކުގާ ރައްކާތެރިކަމާއެކު ދަތުރުތައް  ކުރަމުން ގެންދިއުން؛
  • ލޮޖިސްޓިކްސްގެ ސްޓޭންޑާރޑް އޮޕަރޭޓިން ޕްރޮސީޖަރ (އެސް އޯ ޕީ) އަދި ޑިޕާޓުމަންޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުންފުނީގެ ވެހިކަލްތައް ބަރާބަރަށް ޗެކްކުރަމުން ގެންދިއުން؛
  • ކުންފުނީގެ ވެހިކަލްތައް ދުވަހުންދުވަހަށް ސާފުކުރުމާއި އަދި މެނޭޖްމަންޓުން އަންގައިފައިވާ ގަޑިތަކުގައި ސާފުކޮށް ވެހިކަލްގެ އެތެރޭގައި ނުބައިވަސް ނުދުވާނެހެން ބެލެހެއްޓުން؛
  • ޑިއުޓީއަށް އައުމަށްފަހު ވެހިކަލްއާއި ޙަވާލުވެ، ދުއްވަން ފެށުމުގެ ކުރިން ޑިއުޓީ އޮފިސަރާއި އެކު ވެހިކަލް ޗެކްކޮށް "ވެހިކަލްތަކުގެ ޙާލަތު ރިޕޯޓުކުރުމަށް ޑްރައިވަރުން ފުރާފޯމު" ފުރުމަށްފަހު އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެމައްސަލައެއް ޑިއުޓީގައިހުރި އޮފިސަރަށް ސާފުކޮށް ކިޔައިދިނުން؛
  • ލޮޖިސްޓިކްސް ގެ ދަތުރުތަކަށާއި، ވެހިކަލްތަކަށް ދިމާވާ ކުދިކުދި މަރާމާތުތަކަށް ޚަރަދުކުރުމަށް ޙަވާލުކޮށްފައިވާ ޕެޓީ ކޭޝް ނަޒާހަތްތެރިކަމާއިއެކު ޚަރަދުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުން؛
  • ވެހިކަލް ދުއްވަން ފެށުމުގެ ކުރިން، އަޑީތެޔޮ ފަދަ އެހެނިހެން ތަކެތި ހަމަތޯ ނުވަތަ މަދުތޯ ބަލައި ޗެކްކުރުމާއި؛ ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ސްޕަވައިޒަރާ ގުޅިގެން މަސައްކަތްކުރުން؛
  • ވެހިކަލްތައް ދުއްވުމަށް ބޭނުންވާ (ޑީސަލް، ޕެޓްރޯލް، އަޑީތެޔޮ ޕަވަރ ސްޓިއަރިނގ، ބުރަކި ތެޔޮ، ގިޔަރު ތެޔޮ އަދި ރޭޑިއޭޓަރ ފެން) ތަކެތި ހުސްވުމުގެ ކުރިން އެކަން ޑިއުޓީއޮފިސަރުންގެ ސަމަލުކަމަށް ގެނައުމާއި، ތެޔޮ އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އޮންނަ އުޞޫލުގެ ތެރެއިން ކުރަމުން ގެންދިއުން؛
  • ކުންފުނީގެ ޑްރައިވަރުން ޗުއްޓީނެގުން ނުވަތަ ޑްރައިވަރުން މަދުވުންފަދަ ޙާލަތެއް މެދުވެރިވެގެން ދަތުރުތަށް ކުރުމަށް ދަތިވާ ވަގުތުތަކުގައި ސުޕަވައިޒަރު ނުވަތަ ޑިއުޓީގައި ހުރި އޮފިސަރު ގެ މަޝްވަރާޔާއެކު އެހެން ޑިއުޓީތައް އަދާކޮށްދިނުމުގައި އެހީތެރިވެދިނުން؛
  • ވެހިކަލްދުއްވާ ވަގުތާއި، ރަސްމީ ޑިއުޓީގެ ވަގުތުގައި  ކުންފުނީގެ ޔުނިފޯމު ނުވަތަ ޓީޝާޓު، ނުވަތަ އޮފީހުގައި ބޭނުންކުރާ ރަސްމީ ފޭރާމެއްގައި ސާފުތާހިރުކަމާއިއެކު ހުރުން؛
  • ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި، އަމިއްލަޔަށް ޙައްލު ނުކުރެވޭ ވަރުގެ ކަންކަން ދިމާވުމުން އެކަމެއް ރަނގަޅު ކުރުމަށްޓަކަށް ކުރަންޖެހޭ އެންމެހާ ކަންކަމުގައި ސްޕަވައިޒަރަށާއި، އޮފިސަރަށް އެހީތެރިވެދިނުން
  • ވެހިކަލް ދުއްވުމުގައި ދިމާވެދާނެ ނުރައްކާތެރި ކަންކަމަށްބަލައި ދުއްވުމުގެ ޤަވާޢިދާއި އެއްގޮތަށް ހަރުކުރެވިފައިވާ އެންމެހާ އާލާތްތައް ރަނގަޅުތޯ ބެލުމާއި، މިފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވޭނަމަ އެކަން އޮފިސަރާއި، ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނެސް އެކަމެއް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަމުގައި އޮފިސަރާއި، ސުޕަވައިޒަރ އަށް އެހީތެރިވެދިނުން؛
  • ކުއްލި ޙާލަތެއް މެދުވެރިވެގެން ވެހިކަލްގެ ފުރޮޅު  ބަދަލުކުރަން ޖެހިއްޖެނަމަ އެފަދަ ކަންކަން ކުރުން؛
  • ވެހިކަލްދުއްވުމަށް ޙަވާލުވާ ވަގުތުންފެށިގެންނާއި، އެނޫން ވަގުތުތަކުގައިވެސް ޑްރައިވަރުގެ އިޙުމާލުން ވެހިކަލަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ވީހާއަވަހަކަށް އޮފިސަރަށާއި، ސްޕަވައިޒަރަށް އަންގައި އެކަމުގެ ޒިންމާ އުފުލުން؛
  • ކުންފުނީގެ ފަރާތުން ކުރާ އެހެނިހެން މަސައްކަތްތަކުގައި ޑިޕާޓުމަންޓުން ބޭނުންވެގެން އަންގައިފިނަމަ އެކަމެއްގައި ބައިވެރިވުމާއި އެހީތެރިވެދިނުން؛
  • ކުންފުނީގެ ބޭނުމަށް ވެހިކަލްތަކުގައި އުފުލާތަކެތި އަރުވާ ބޭލުމުގައި އެހީތެރިވެދިނުމާއި، ޑިޕާޓްމަންޓްގެ ބޭނުމަށް ކުރަންޖެހޭ އެއްމެހާ ކަންތައްތައް ކުރުމުގައި ބައިވެރިވުމާއި، އެހީތެރިވެދިނުން؛
  • ކުންފުނީގެ ޤާނޫނާއި، ސިޔާސަތުތަކާއި އުޞޫލުތައް ތަންފީޒުކުރުމުގައި ސުޕަވައިޒަރަށާއި، ލޮޖިސްޓިކް އޮފިސަރުންނަށް ބޭނުންވާ އެންމެހާ ކަންކަމުގައި  އެހީތެރިވެ، އެއްބާރުލުން ދިނުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްގެ ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 އެޕްރީލް 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364  3000207 ,އާއި ގުޅުއްވުން އެދެމެވެ.

                           19   ރަޖަބް . 1444

11 އެޕްރީލް 2023