މަސައްކަތް
ނަންބަރު: (IUL)142-A1/142/2023/97
ޕަބްލިޝްކުރި ތާރީޚް: 09 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 23:14
ސުންގަޑި: 11 އެޕްރީލް 2023 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1444 ވަނައަހަރުގެ ފިޠުރު ޢީދު ނަމާދުގެ ބޮޑުޖަމާޢަތުގެ ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއްހޯދުން

އިޢުލާން

1444 ވަނައަހަރުގެ ފިޠުރު ޢީދު ނަމާދުގެ ބޮޑުޖަމާޢަތް ބޭއްވުމަށް މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ބޯޅަދަނޑު އަދި ހުޅުމާލެ ފޭސް2 ގެ ކްރިކެޓް ސްޓޭޑިއަމްގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 އެޕްރީލް 11 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

https://forms.office.com/r/jddM2hTez1

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 އެޕްރީލް 18 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 އެޕްރީލް 17 ވާ ހޯމަ ދުވަހުގެ 10:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020239،3020247 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

09 އެޕްރީލް 2023