ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
| މަޤާމު | އެސިސްޓެންޓް ޑިރެކްޓަރ | ރޭންކް: އެމް.އެސް 3 | |
| އަދަދު | 1 (އެކެއް) | ||
| މަސައްކަތް ކުރަންޖެހޭ ތަން | ކްރިމިނަލް ކޯޓު، ބަޖެޓް ސެކްޝަން | ||
| އަސާސީ މުސާރަ | -/7035 ރުފިޔާ (ހަތްހާސް ތިރީސްފަސް ރުފިޔާ) | ||
| މި މަޤާމަށް ލިބޭ އެލަވަންސް | - ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 - ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. | ||
| އަސާސީ ޝަރުޠު | 1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | ||
| މަޤާމުގެ މަސްއޫލިއްޔަތު | ފައިސާއާބެހޭ ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން. | ||
| އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި | 1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓު www.criminalcourt.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4- މޯލްޑިވްސް އެކްރެޑިޓޭޝަންބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (ވަޒީފާގައި ހޭދަވީ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު އެނގޭނޭހެން) | ||
| ސުންގަޑި | 2015 ޖަނަވަރީ 18 ވަނަ ދުވަހުގެ 14:00 | ||
| އިތުރު މަޢުލޫމާތު | 
 | ||
| 16 ރަބީޢުލްއައްޥަލް 1436 | |||