ދިވެހިރާއްޖެ
|
މަޤާމް: |
ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް |
ބޭނުންވާ އަދަދު: |
01 |
|
ސެކްޝަން: |
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް |
||
|
އަސާސީ މުސާރަ: |
18,000.00 ރ |
ސާވިސް އެލަވަންސް: |
4,500.00 ރ |
|
ނޮންޕްރެކްޓިސިންގ އެލަވަންސް: |
8,100.00 ރ |
||
|
ވަޒީފާ އަދާކުރަންޖެހޭތަން: |
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ |
||
|
ފެންވަރު ނުވަތަ ޝަރުތު: |
ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން (އެކައުންޓިންގ، ފައިނޭންސް، ކޮމާސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ 3. އޭ ސީ ސީ އޭ ޕްރޮފެޝަނަލް ލެވަލްގެ 3 ކަރުދާހުން ފާސްވެފައިވުން ނުވަތަ އެއާ އެއްވަރުގެ ޕްރޮފެޝަނަލް ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
||
|
މަޤާމުގެ މަސްޢޫލިއްޔަތު: |
ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އެޑްމިނިސްޓްރޭޝަން ޔުނިޓް ހިންގުމުގައި ތިރީގައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން:
ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ފިނޭންސް ޔުނިޓް ހިންގުމުގައި ތިރީގައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން: 12. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޑިރެކްޓަރ ފައިނޭންސްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން 13. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މާލީ ސިޔާސަތު، ސަރުކާރުގެ މާލީ ސިޔާސަތާ އެއްގޮތަށް ރާވައި ހިންގުން 14. ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ތައްޔާރުކުރަންޖެހޭ ބަޖެޓް ތައްޔާރުކުން 15. ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ޚަރަދުކުރުމަށާއި، ބޭކާރު ޚަރަދުނުކުރުމަށާއި އަދި އެއްވެސް ޚަރަދެއް ގަވާއިދުން ހުއްދަ ދެވިގެން މެނުވީ ނުކުރެވޭ ގޮތަށް ކޮންޓްރޯލްކުރުން 16. ލިބެން ޖެހޭ އާމްދަނީ ގަވާއިދުން ހޯދުމާއި އަދި ފޯރުކޮށްދެވޭ ތަފާތު ޚިދުމަތްތަކުގެ އަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، ގަވާއިދުން މާލީޒިންމާދާރުވެރިޔާއަށް ހުށަހެޅުން 17. މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ހިސާބުކުރުމުގެ މިންގަނޑުތައް އެތަނެއްގައި ޤާއިމުކޮށް އެއާއި އެއްގޮތަށް އަމަލުކުރުން 18. ފައިނޭންޝަލް ކޮންޓްރޯލަރ ނުވަތަ ޤާނޫނީގޮތުން މާލީ ހިސާބުތައް ބަލައި ޗެކްކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ސާފުކުރުމަށް ފޮނުވާ ސުވާލުތަކަށް ލަސްނުކޮށް ޖަވާބު ދިނުމާއި ބޭނުންވާ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން 19. ޤާނޫނެއް، ޑައިރެކްޝަނެއް، ޤާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއް ނުވަތަ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ތައްޔާރުކުރަން ޖެހޭ މާލީ ރިޓާރންސް އާއި ހިސާބުތައް ލަސްނުކޮށް ތައްޔާރުކުރުން 20. ޢާންމުންނާއިއެކު ކުރެވޭ މުޢާމަލާތްތައް އެންމެ އެދެވޭ ގޮތަށް ކުރުމަށްޓަކައި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޝްވަރާއާއިއެކު، ޢާންމުންނަށް ފަސޭހަވާނެ ގޮތްތައް ހޯދާ ބަލާ އެގޮތަކަށް ކަންކަން ރޭވުން 21. ހިސާބުތައް ބެލެހެއްޓުމަށް ދެވޭ އިރުޝާދުގައި އުނިކަމެއް ހުރި ކަމަށް ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ މާލީ އަދި ހިސާބު ބެލެހެއްޓުމުގެ ނިޒާމަށް އެދެވޭ އިޞްލާހެއް ގެންނަން ފެންނަނަމަ އެކަން މާލީޒިންމާދާރުވެރިޔާ މެދުވެރިކޮށް ފައިނޭންޝަލް ކޮންޓްރޯލަރއަށް ހުށަހެޅުން 22. އަލަށް ވަޒީފާއަށް ނިކުންނަ މުވައްޒަފުން ހިސާބު ބެލެހެއްޓުމާއި ބެހޭ ނިޒާމަށް ހޭލުންތެރިކުރުވުން 23. މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބާއި ބެހޭ ފޮތްތަކާއި އެހެނިހެން ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުން 24. ފައިސާ ޚަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ޕޭމަންޓް ވައުޗަރތަކަށް ހުއްދަ ދިނުން 25. ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ޤާނޫނީ ހަމަތަކުގެ މަތިން ލިބެންހުރިތޯ ޔަގީންކުރުން 26. ފައިސާ ޚަރަދުކުރާ ނުވަތަ ޓްރާންސްފަރކުރާ އެކައުންޓަކީ ރަނގަޅު އެކައުންޓެއްކަމާއި، ޕޭމަންޓް ވައުޗަރުގައި ޚަރަދުކުރުމަށް ނުވަތަ ޓްރާންސްފަރ ކުރުމަށް ރެކޯޑް ކުރެވިފައިވަނީ ރަނގަޅަށްތޯ ބެލުން 27. ދައްކަންޖެހޭ ފައިސާއާބެހޭ ލިޔެކިޔުންތައް ޗެކުކޮށް ސޮއިކޮށްފައިވޭތޯ ބެލުން 28 ފައިސާ ދެއްކުމާ ބެހޭގޮތުން ފުރިހަމަކުރަންޖެހޭ އެހެން އެއްވެސް ކަމެއް ވާނަމަ އެކަމެއް ޕޭމަންޓް ވައުޗަރާއެކު ފުރިހަމަ ކޮށްފައިވޭތޯ ބެލުން 29. އޮތޯރިޓީގެ އެހެން ސެކްޝަންތަކަށް މާލީ ކަންކަމާގުޅޭގޮތުން ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އައި.ޓީ ޔުނިޓް ހިންގުމުގައި ތިރީގައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން: 30. އޮފީހުގެ އައި ޓީ ހުރިހާކަމެއް ހިނގާގޮތް ބެލުން 31. އައި.ޓީ އެޑްމިނިސްޓްރޭޓަރ އެކުލަވާލާ ޕްލޭންތައް މުރާޖަޢާކޮށް އެޕްރޫވް ކުރުން 32. އޮފީހަށް ބޭނުންވާ އައި ޓީ ވަޞީލަތްތައް ހަމަޖެއްސުން 33. އޮފީހުގެ އައި.ޓީ ކަންކަމާ ގުޅިގެން އައި ޓީ އެޑްމިނިސްޓްރޭޓަރ އަށް އިރުޝާދު ދިނުން
|
||
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: |
24 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް. |
||
|
ހުށަހަޅަންޖެހޭ ލިޔުން: |
|
||
|
އިންޓަރވިއު ކުރުން: |
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. |
||
|
ނޯޓް: |
|
||