ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2023/123
ޕަބްލިޝްކުރި ތާރީޚް: 06 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 16 އެޕްރީލް 2023 12:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ - މިނިސްޓްރީ އޮފް ހެލްތު

 

 

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު

   J-346351

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތް ސާރވިސަސް ޑިވިޜަން، ހެލްތް ފެސިލިޓީސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ. ސެކްޝަން، ހެލްތް ސަރވިސަސް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ނޯތު ޒޯނު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު   

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ކޮމިއުނިޓީ ހެލްތު، ހެލްތު ޕޮލިސީ، ޕްރައިމަރީ ހެލްތުކެއަރ، ޕަބްލިކް ހެލްތު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.ސަރުކާރުގެ ސިޔާސަތުތަކާއި އަދި މިނިސްޓްރީގެ ޕޮލިސީތަކާއި ސިޔާސަތުތަކާއި އެއްގޮތަށް އުތުރު އަތޮޅުތެރޭގެ ސިއްޙީހިދުމަތް،ރައްޔިތުންނާއި ގާތުން ދިނުމަށް ފަންނީ ގޮތުން އެހީތެރިވެދީ، އަލަށް ތައާރަފު ކުރެވޭ ޚިދުމަތްތަކާއި މަޝްރޫޢުތައް ތަންފީޒު ކުރުމަށް ފަންނީ ގޮތުންނާއިއިދާރީ ގޮތުން ވިލަރެސްކޮށް،ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވުމާއި އަދި މަސައްކަތް ކުރެވޭވަރު ބަލައި މޮނިޓަރ ކުރުން.                                                        

2.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ހިނގާނުހިނގާ ގޮތް ބަލައި ކަންކަން ރަނގަޅު ކުރުމަށް ދޭންޖެހޭ ޓެކްނިކަލް މަޝްވަރާއާއި އިރުޝާދު ވެރިންގެ ލަފަޔާއިއެކު ދިނުން. އަދި ދަތިވާ ކަންކަން ހައްލު ކުރުމަށް އެހީތެރިވެދިނުން.                                                           .3.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކާއި ގުޅިގެން ލިބޭ ޝަކުވާތަކާއި މައްސަލަތައް އަދި ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ހަވާލުވެ ހުންނަވާ ވެރިޔާއަށް މަޢުލޫމާތު ޙިއްޞާ ކުރުމާއި އެފަރާތުގެ ލަފާގެ މަތިން ހުރިހާ ކަމެއްވެސް ކުރިޔަށް ގެންދިއުމާއި އަޕްޑޭޓްސް ޙިއްޞާ ކުރަމުން ގެންދިއުން.           

4.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުވޭ ތަކެތީގެ ތެރެއިން މަދުން ބޭނުންކުރެވޭ އަދި އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ތަކެތި ދެނެގަނެ އެންމެ ބޭނުންވާ މަރުކަޒުތަކަށް ފޮނުވުމަށް ސެންޓްރަލް ސަޕްލައިޒް އަށް އެންގުމާއި އަދި އެ މަސައްކަތް ޓެކްނިކަލީ މޮނިޓަރ ކުރުން.                                                         

5.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ ރިޕޯރޓްތަކާއި، ޤަވާޢިދުން ހިންގަން ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ޤަވާޢިދުން ހިންގާ ރިޕޯރޓް ކުރަމުންދޭތޯ ބަލާ އެމަސައްކަތް ޓެކްނިކަލީ މޮނިޓަރ ކުރުން.                                                         

6.ޒޯންތަކުން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތަކާއި އެހެނިހެން ދަތުރުތަކުގެ އިދާރީ ލިޔެކިޔުންތަކާއި އެއަރ ޓިކެޓް/ލޯންޗްގެ ކަންކަންފަދަ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާކަން ކަށަވަރުކުރުން. އަދި ދަތުރާއި ގުޅޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ލިބިފައިވާކަން ކަށަވަރުކުރުން.                                                    

7.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް މިނިސްޓްރީގެ ފަރާތުން ރާވާ އެކިއެކި ދަތުރުތަކުގައި ބައިވެރިވެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބަލައި ކަންކަން ރަނގަޅު ކުރުމަށް މަޢުލޫމާތު ޙިއްޞާ ކުރުމާއި ޑިވިޜަންގެ ހެޑަށް ރިޕޯރޓްކޮށް ޑޮކިއުމަންޓް ފައިލް ކުރިކަން ކަށަވަރުކުރުން.                                         

8.ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ޚިދުމަތުގައި ތިބެންޖެހޭ މިންގަނޑަށް ތިބިތޯ ޓެކްނިކަލީ ބެލުން            .9.އަލަށް ތަޢާރަފް ކުރެވޭ ޚިދުމަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދޭތޯ ބެލުމާއި އެކަމާއިގުޅޭ ޓެކްނިކަލް ލަފާދިނުން.

 

10.ޚިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި،މެޝިނަރީޒް އަދި ކޮންސިއުމަބަލްސް ގިންތި ކުރެވިފައިވާ މިންގަނޑަށް ފޯރުކޮށްދެވޭތޯ ބެލުމާއި އެކަމާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތު ބެހެއްޓުން.                         

11.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރާ މަރާމާތުތައް ޓައިމްލައިންއާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލާމޮނިޓަރ ކުރުން.                  
12.އެމްބިއުލަންސްއާއި ލޯންޗްގެ ފަންކްޝަނަލް ސްޓޭޓަސް ގަވާއިދުން ބަލައި،މޮނިޓަރކުރުން.   

13.ހޮސްޕިޓަލުތަކުގެ ހިންގުން ހަވާލުކުރާ ފަރާތްތައް ވެރިންގެ ލަފަޔާއި އެއްގޮތަށް ކަނޑައަޅާ،އެ ފަރާތްތަކަށް އެންގުން.                                               

14.އަތޮޅުތަކުގައި ހިންގާ އައުޓް ރީޗް ޕްރޮގްރާމްތަކަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ ހިނގާ ނުހިނގާ ގޮތް ބެލުމާއި ރެކޯރޑް ބެލެހެއްޓުން.                                                 

15.ޞިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވޭ މިންވަރު ބަލައި، އެކަންތައްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ އެކަންކަމުގެ ރެކޯރޑް ބެލެހެއްޓުން.                                    

16.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަޤާމާއި ގުޅޭ ވަޒީފާ ބަޔާން އަޕްޑޭޓްކޮށް ތައްޔާރު ކުރެވިފައިވޭތޯ ބެލުން.                                                    

17.ހެލްތް ސަރވިސް ޑިވިޜަނާއި ހުރިހާ ހޮސްޕިޓަލްތަކުގެ ވެރިންގެ ޓްރެއިނިންގ މަސައްކަތްތައް ސެކްޝަނާއި ހެލްތް ސަރވިސް ޑިވިޜަނުގެ ވެރިންގެ ލަފާގެމަތިން ކުރިއަށް ގެންދިއުން.                               

18.ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކުގެ އެކިއެކި މުވައްޒަފުންނަށް ދެވޭ ޓްރެއިނިންގ ފާހަގަކޮށް އެފަރާތްތަކަށް ޓްރެއިނިންގ ދިނުމުގައި ކުރަންޖެހޭ މަސައްކަތްތައް ޓްރެއިނިންގ ސެކްޝަނާއި ގުޅިގެން ކުރިއަށް ގެންދިއުން.     

19.ޑޮކްޓަރުން ތިބެންޖެހޭ މިންގަނޑަށް ޑޮކްޓަރުން ތިބިތޯ ބަލައި މޮނިޓަރ ކުރުން.                      

20.ޓެލެމެޑިސިންގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ އަދި އެކަންތައްތައް މޮނިޓަރ ކުރުން.                                                               21.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް މީޑިއާ މެދުވެރިކޮށް އާއްމު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

 22.ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 ނުވަތަ

 

2.މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު   
  • ގްލޯބަލް ހެލްތު ޕޮލިސީ  
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް  
  • ހެލްތު ޕޮލިސީ  
  • ހެލްތް ރިސަރޗް  
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން  
  • ހެލްތް ސަރވިސް މެނޭޖްމަންޓް  
  • ހެލްތު ސްޓެޓިސްޓިކްސް  
  • އިންޓަރނޭޝަނަލް ހެލްތު  
  • އިންޓަނޭޝަނަލް ރިލޭޝަންސް  
  • ޕޮލިސީ ސްޓަޑިޒް  
  • ޕްރައިމަރީ ހެލްތުކެއަރ   
  • ޕްރޮޖެކްޓު މެނޭޖުމަންޓު  
  • ޕަބްލިކް ހެލްތު   
  • ޕަބްލިކް ޕޮލިސީ  

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކޮމިއުނިޓ ހެލްތު
  • ހެލްތު ޕޮލިސީ 
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތް ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 16 އޭޕްރީލް 2023 ވަނަ ދުވަހުގެ 12:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު،ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި،މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2023  އޭޕްރީލް / މޭ މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                             

                                                     

 

                                                                

06 އެޕްރީލް 2023