ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
|
މަގާމު: |
އެސިސްޓެންޓް ކޮލިޓީ ކޮންޓްރޯލް އޮފިސަރ އެވްސެކް |
||
|
ސްޕެޝަލައިޒޭޝަން: |
އޭވިއޭޝަން ސެކިއުރިޓީ |
||
|
މަގާމުގެ ނަންބަރު: |
J-378152 |
||
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
||
|
މަގާމުގެ ގިންތި: |
ދާއިމީ |
||
|
މަގާމުގެ ރޭންކް އަދި ގްރޭޑް: |
ސީ.އެސް-6-1 (ގްރޭޑް 1) |
||
|
މުސާރަ: |
9,470.00 ރުފިޔާ |
||
|
ސަރވިސް އެލަވަންސް: |
3,000.00 ރުފިޔާ |
||
|
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
އަސާސީ މުސާރައިގެ %35 |
||
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: |
(މަގާމުގެ ނަންބަރު: J-378152 ގެ މަސްއޫލިއްޔަތު/ އިންޓަރނޭޝަނަލް ރިލޭޝަންސް، ނިއުޓެކްނޮލޮޖިކަލް ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން) 1- އައި.ކާ.އޯ އާއެކު އޮންނަ ގުޅުން ދަމަހައްޓާ، އައި.ކާ.އޯ އިން ރާއްޖޭގައި ހިންގާ ސެކިއުރިޓީ އޯޑިޓްގެ އެންމެހާ ކަންކަން ވިލަރެސް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް ކުރުން. 2- އެހެނިހެން ޤައުމުތަކުގެ އެޕްރޮޕްރިއޭޓް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން ސެކިއުރިޓީ އާއި އެއަރލައިން ތަކާއި އަދި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާ ތަކުން ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ހިންގާ ސެކިއުރިޓީ އޯޑިޓް ތަކުގެ އެންމެހާ ކަންކަން ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް ވިލަރެސްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. 3- ދިވެހިރާއްޖޭގެ އެއަރލައިންތައް ދަތުރުކުރާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކުގައި އެ އެއަރލައިން ތަކުން މަސައްކަތް ކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް އަދި އެއަރލައިންތަކުގެ ސެކިއުރިޓީ ޕްރޮގްރާމް އާއި އެއްގޮތައްކަން ކަށަވަރު ކުރުމަށްޓަކައި ހިންގޭ އިންސްޕެކްޝަންތަކާއި އަލަށް ތައާރަފް ކުރެވޭ ޙިދުމަތްތަކާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކުގައި އެ ޤައުމެއްގެ އެޕްރޮޕްރިއޭޓް އޮތޯރިޓީ ފޯ ސިވިލް އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅިގެން ހިންގޭ އިންސްޕެކްޝަންތައް ސެކްޝަން ހެޑުގެ ލަފާގެ މަތިން ވިލަރެސްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް ކުރުން. 4- މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ޓެކްނޮލޮޖީ ލިސްޓް އަޕްޑޭޓްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދާ ލިސްޓް އަޕްޑޭޓް ކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރގެ އިރުޝާދާއި އެއްގޮތަށް ކުރުން. |
||
|
މަގާމުގެ ޝަރުތު: |
ސީއެސް 6-1 1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، އޭވިއޭޝަން ސެކިއުރިޓީ ދާއިރާގެ ވަޒީފާއެއްގައި މަދުވެގެން 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ސީއެސް 6-2 ސީއެސް 6-1 ގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. ސީއެސް 6-3 ސީއެސް 6-2 ގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
||
|
|
|||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ، ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ. 6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ރ) ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު". 7. ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ. |
||
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
އަސާސީ ޝަރުތު ހަމަވުން |
30% |
|
|
ތަޢުލީމު |
އަސާސީ ޝަރުތަށްވުރެ އިތުރު |
5% |
|
|
ތަޖުރިބާ |
އަސާސީ ޝަރުތަށްވުރެ އިތުރު |
5% |
|
|
ތަމްރީން |
20% |
||
|
އިންޓަރވިއު |
40% |
||
|
ނޯޓް: މަގާމަށް ޢައްޔަންކުރުމުގައި ވަޒީފާއަށް އެދިފައިވާ މީހާއަށް ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %50 (ފަންސާސް) އަށްވުރެ މަތިވާންޖެހޭނެއެވެ. |
|||
|
މިވަގުތު އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ އޮނިގަނޑުގައިވާ މުވައްޒަފުންނަށް ދެވޭ އިސްތިސްނާ: |
"އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު" ގައި ހުރި މުވައްޒަފަކު "ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ގެ އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު" ގެ އެ މުވައްޒަފަކު ވަޒީފާ އަދާކުރަމުންދާ ރޭންކުގެ މަގާމަކަށް ކުރިމަތިލާ ހޮވިއްޖެނަމަ، އެފަރާތުގެ ވަޒީފާ ހަމަޖައްސާނީ "އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު" ގައި އެފަރާތް ވަޒީފާ އަދާކުރަމުންދާ ރޭންކުގެ ވަޒީފާ އަދާކުރަމުންދާ ގްރޭޑަކުންނެވެ. މިސާލު: އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ އޮނިގަނޑުގެ 6-2 ގައިވާ މުވައްޒަފަކު ސީ.އެސް 6-1 އަށް ކޮށްފައިވާ އިއުލާނަކަށް ކުރިމަތިލައިގެން ހޮވޭނަމަ، އެ މުވައްޒަފަކު ހަމަޖައްސަންވާނީ މި އޮނިގަނޑުގެ ސީ.އެސް 6-2 އަށެވެ. |
||
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2023 އެޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން މި މިނިސްޓްރީއަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިނިސްޓްރީއަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަމްރީން، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަގާމުގެ އަސާސީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. |
||
|
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އެޕްރީލް 18 މެއި 7 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސްގައެވެ. |
||
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
||
|
މަޢުލޫމާތު ސާފުކުރުން. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ގެ އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ މަގާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ އުސޫލު އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
||