ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ނަންބަރު IUL)RDC-HRM-RDC-2023-78) އިޢުލާނުގެ ތިރީގައިމިވާ މަޤާމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
| 
 މަޤާމް:  | 
 ހެވީ ވެހިކަލް އޮޕަރޭޓަރ  | 
| 
 ބޭނުންވާ އަދަދު:  | 
 03 (ތިނެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ކޮންޓްރެކްޓް  | 
| 
 ކްލެސިފިކޭޝަން / ރޭންކް:  | 
 އޮފިސަރ – ގްރޭޑް 5  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު -/6,500 ރުފިޔާ  | 
| 
 އެހެނިހެން ޢިނާޔަތްތައް  | 
 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2600ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލެ ސައިޓު. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.  | 
| 
 ފެންވަރު ނުވަތަ ޝަރުތު:  | 
 - ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (V1) އޮތުން، ނުވަތަ - ފޯކްލިފްޓު ނުވަތަ އެކްކަވޭޓަރ ދުއްވުމުގެ ލައިސަންސް އޮތުން.  | 
| 
 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 - ސުޕަވައިޒަރު އަންގާގޮތުގެ މަތިން ވެހިކަލްތައް އޮޕަރޭޓުކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. - ވެހިކަލްގެ މެއިންޓެންނަސް އާއި ގުޅޭ މަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް އެންގުން. - ވެހިކަލްގައި ދިމާވާ މައްސަލަތައް ދަނެގަނެ، އެކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން. - ވެހިކަލްތަކުގެ ލޮގް ބެލެހެއްޓުން.  | 
| 
 ސުންގަޑި:  | 
 - މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 04 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
  | 
| 
 އިންޓަވިއު:  | 
 މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް މަހުގެ ތާރީޚެއްގައެވެ.  | 
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
06 ރަމަޟާން 1444