ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)30-G/1/2015/1
                    ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2015
                    ޕަބްލިޝްކުރި ގަޑި:  17:18
                                            ސުންގަޑި: 
                            01 ފެބުރުވަރީ 2015 14:00
                        
                    
                މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން  (ވެލިޔު އެޑެޑް) ބާވަތްތައް އުފެއްދުމަށް ލޯނުދޫކުރުން
                                އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީގައި މިމިނިސްޓްރީއިން ހިންގަމުންގެންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމުގެ ދަށުން ސުރުޚީގައި ދެންނެވިފައިވާ ލޯނު ދޫކުރުމަށް އިޢުލާން ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: (IUL)30-G/1/2014/146 05 ޖަނަވަރީ 2015 އާ ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދެވިފައިވާ އިޢުލާނުގައި ލޯނަށް އެދުމުގެ އެންމެފަހު ދުވަސް ކަމުގައި ބަޔާންކުރެވިފައިވާ 31 ޖަނަވަރީ 2015 އަކީ ސަރުކާރުބަންދު ދުވަހަކަށްވުމާ ގުޅިގެން ލޯނަށް އެދުމުގެ އެންމެފަހު ދުވަހަކީ 1 ފެބްރުވަރީ 2015ގެ 14:00 ކަމުގައި ހަމަޖެއްސީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
14 ރަބީޢުލްއަޢްވަލް 1436
                05 ޖަނަވަރީ 2015