ދިވެހިރާއްޖެ
| މަޤާމު: | ސީނިއަރ ސްޓޭޓް އެޓަރނީ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: | ސީނިއަރ ސްޓޭޓް އެޓަރނީ (ސީ.އެސް 11-2) | 
| ބޭނުންވާ އަދަދު: | 3 (ތިނެއް) | 
| މުސާރަ: | -/12،860 (ބާރަހާސް އަށްސަތޭކަ ފަސްދޮޅަސް) ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/3،600 (ތިންހާސް ހަސަތޭކަ) ރުފިޔާ | 
| ސްޕެޝަލް ޑިއުޓީ އެލަވަންސް | (އަސާސީ މުސާރައިގެ %35) | 
| މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ ވަގުތުތަކަށް ފައިސާ ދެވޭނެއެވެ. | |
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: | އެޓަރނީ ޖެނެރަލްގެ އޮފީސް / ލީގަލް ޑިވިޝަން، މާލެ. | 
| މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: 
 
 
 
 | 
 | 
| މަޤާމުގެ ޝަރުޠުތައް: 
 
 | 1- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- ލީގަލް ދާއިރާގެ އޮނިގަނޑުގެ، ސީއެސް 9-5 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު | 
| އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: | މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު ޖަނަވަރީމަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޮންނާނެއެވެ. ވުމާއެކު، މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2015 ވާ (އާދީއްތަ) ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ވެބްސައިޓް http://www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. 
 | 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3010100 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
08 ރަބީޢުލްއައްވަލް 1436