ދިވެހިރާއްޖެ
(IUL)307/INDIV/2023/21:ނަންބަރު
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 26 މާރޗް 2023 (4 ރަމަޟާން 1444) ވާ އާދިއްތަ ދުވަހުން ފެށިގެން 18 އޭޕްރީލް 2023 (27 ރަމަޟާން 1444) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:15 އިން 12:30 އަށެވެ. 1444 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުންނެވެ.
ތަފްސީލް (އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ ރޭޓްތައް):
| # | ބާވަތް | ފައިސާގެ އަދަދު (މީހަކަށް) |
| 1 | އާދައިގެ ހަނޑޫ | 12 ރުފިޔާ |
| 2 | ތައިލެންޑް ހުދު ހަނޑޫ | 84 ރުފިޔާ |
| 3 | އާދައިގެ ބާސްމަތީ ހަނޑޫ | 84 ރުފިޔާ |
| 4 | މޮޅު ބާސްމަތީ ހަނޑޫ | 100 ރުފިޔާ |
| 5 | އެންމެ މޮޅު ބާސްމަތީ ހަނޑޫ | 125 ރުފިޔާ |
| 6 | ރަތް ހަނޑޫ | 99 ރުފިޔާ |
| 7 | އާދައިގެ ފުށް | 12 ރުފިޔާ |
| 8 | އާޓާ ފުށް | 75 ރުފިޔާ |
އޮންލައިންކޮށް ޒަކާތުގެ ފައިސާ ދައްކަވާ ފަރާތްތަކުން ފައިސާ ޓްރާންސްފާރ ކުރައްވާނީ މިކައުންސިލްގެ ތިރީގައިވާ އެކައުންޓަށެވެ. ފައިސާ ޓްރާންސްފާރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ. ސްލިޕް ފޮނުވާއިރު ޒަކާތް ފޮނުވި ފަރާތުގެ ގޭގެ ނަން، މީހުންގެ އަދަދު، އަދި ފައިސާ ދެއްކެވި ރޭޓް (ބާވަތް) ވެސް ލިޔުއްވަންވާނެއެވެ.
|
އެކައުންޓް ނަން |
1348 ރެވެނިޔު 2 |
|
އެކައުންޓް ނަންބަރ |
7717700406002 |
|
ވައިބަރ ނަންބަރ |
9524922 / 7585958 |