ދިވެހިރާއްޖެ
މިމިނިސްޓްރީން 18 ޑިސެންބަރު 2014ގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ ހޯދުމަށް ކުރި އިޢުލާން IUL)30-G/1/2014/134) އަށް ޝަރުޠު ފުރިހަމަވެފައިވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، މިމަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރަމެވެ.
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
 ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އޮފިސަރ  | 
 މަޤާމު:  | 
| 
 ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)  | 
 ސެކްޝަން:  | 
||
| 
 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ.ވައިޓްވޭވްސް)  | 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
||
| 
 1 އަހަރު  | 
 ވަޒީފާގެ މުއްދަތު:  | 
||
| 
 -/15,000 ރުފިޔާ  | 
 މުސާރަ:  | 
||
| 
 1- ދަނޑުވެރިކަމުގެ ދާއިރާއިން ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ މަސައްކަތާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން 2- ފީލްޑުގައި ގިނަ ވަގުތު މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން 3- މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 4- ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއާގުޅޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން 5- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ޤާބިލުކަން ހުރި ފަރާތެއް ކަމުގައިވުން 6- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  | 
 ޝަރުޠު:  | 
||
| 
 މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ހޯދުމަށް ގުޅުއްވާނީ 3341836 އަށް ނުވަތަ ތިރީގައިވާ އެޑްރެސްތަކަށް އީމެއިލް ކުރައްވާ [email protected]  | 
 ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:  | 
||
| 
 1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) 4- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  | 
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި  | 
||
މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛
ޕްރޮގްރާމް މެނޭޖަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން
މިވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.