ބީލަން
ނަންބަރު: (IUL)327-A/327/2023/93
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 29 މާރިޗު 2023 12:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު ކައުންސިލަށް ޑަމްޕް ޓްރަކެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ތާރީޚް: 20 މާރޗް 2023

ނަންބަރ: (IUL)327-A/327/2023/93

ޅ.ނައިފަރު ކައުންސިލަށް ޑަމްޕް ޓްރަކެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ޅ.ނައިފަރު ކައުންސިލަށް ޑަމްޕް ޓްރަކެއް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ޑަމްޕް ޓްރަކެއް ސަޕްލައި ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ބައިވެރިވެ، އަގު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ވުން                 

ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު:

20 މާރޗް 2023 އިން 28 މާރޗް 2023 (12:00) އަށް

މަޢުލޫމާތު ސާފުކުރުން:

20 މާރޗް 2023 އިން 28 މާރޗް 2023 (12:00) އަށް

ގުޅޭނެ ނަންބަރ:

6620068

އީމެއިލް އެޑްރެސް:

[email protected] އަދި [email protected] އަށް ސީސީ ކުރަންވާނެއެވެ.

ރަޖިސްޓްރޭޝަން ފީ:

-/100 (އެއްސަތޭކަ) ރުފިޔާ

ނޯޓް: ފައިސާ ދެއްކުމަށް ފަހު، ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ މަޢުލޫމާތު 7790661 އަށް ވައިބަރ އަށް އަދި [email protected] އީމެއިލް އަށް ފޮނުއްވާ [email protected] އަށް ސީސީ ކުރަންވާނެއެވެ.

ފައިސާ ދެއްކުން:

އިންޓަރނެޓް ބޭންކިން މެދުވެރިކޮށް

އެކައުންޓް ނަން: 1370 Revenue 1

އެކައުންޓް ނަންބަރ: 7705700335001

ޕްރީބިޑް މީޓިންގ:

މި ބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ނޯންނާނެ.

ބީލަން ހުށަހެޅުން                                      

ބީލަމުގައި ހުށަހެޅުމުގެ ސުން ގަޑި:

29 މާރޗް 2023 ބުދަ (12:00) އަށް

ބީލަން ހުށަހެޅުމުގެ މީޓިން އޮންނާނެ ތަން:

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ބީލަން ހުށަހަޅާއިރު:

  • ހުށަހަޅާ ބީލަން އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ.
  • ސިޓީ އުރާގެ ބޭރުގައި " ޅ.ނައިފަރު ކައުންސިލަށް ޑަމްޕް ޓްރަކެއް ސަޕްލައި ކޮށްދިނުން " ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންތައް ކެނޑުމަށް ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.
  • ބީލަން ހުށަހެޅޭނީ، ކަނޑައެޅިފައިވާ ވަގުތުގައި، ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ، ބީލަން ހުށަހެޅުމުގެ މީޓިން ގައި ބައިވެރިވެގެންނެވެ.

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް:

މި ބީލަމުގައި ރަޖިސްޓްރީވުމަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ނޫނީ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނެއެވެ.

20 މާރިޗު 2023