ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2014/769
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 06 ޖަނަވަރީ 2015 15:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު: MNU-HR/2014/769

ތާރީޚު: 31 ޑިސެންބަރު 2014

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް އެންޖިނިއަރިންގ ޓެކްނޮލޮޖީ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/1،522 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

އެމް.އެސް 1

މަޤާމުގެ ޝަރުޠު:

 

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛    

2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

5. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  2. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ލެޕްޓޮޕްތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  3. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ނެޓްވޯކް ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  4. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ލޭޒާ ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  5. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ޑެސްކްޓޮޕް، އެޗް. ޕީ ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  6. ފެކަލްޓީގައި ބޭނުންކުރާ ހުރިހާ ސްކޭނަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
  7. ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކްޝަންކުރުން.
  8. ވައިރަސް ކްލީންކޮށް، ޔުނިވަރސިޓީން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްހެއްޓުން.
  9.  ފެކަލްޓީގެ އެތެރޭގެ ނެޓުވާރކަށް ދިމާވާ މައްސަލަ ރަނގަޅުކުރުމާއި، ފެކަލްޓީގެ އެތެރޭގެ ތަނަކަށް ނެޓްވާރކް ޕޮއިންޓެއް އަޅަންޖެހިއްޖެ ޙާލަތްތަކުގައި އެޅުން.
  10. މެއިން ނެޓްވާރކަށް މައްސަލައެއް ދިމާވެއްޖެނަމަ، ޔުނިވަރސިޓީގެ އައިޓީ ސެކްޝަނާ ގުޅިގެން އެކަމެއް ރަނގަޅުކުރުން.
  11. ޕެޗުކޭބަލެއް ސްވިޗެއް، ޕޭސްޕްލެޓެއްގައި މައްސަލައެއް ދިމާވެއްޖެނަމަ ރަނގަޅުކުރުން.
  12. ޚާއްޞަ ސޮފްޓްވެއަރއެއް އަޅާފައި ހުންނަ ކޮމްޕިއުޓަތަކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  13. ފެކަލްޓީގައި ބޭނުންކުރާ އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުމުގައި ބައިވެރިވެ އެހީތެރިވުން.
  14. ފެކަލްޓީއަށް ބޭނުންވާ ހުރިހާ އޯޑިއޯވިޝުއަލް ތަކެތި ބެލެހެއްޓުމާއި، ސެޓްކުރުމާއި، މެއިންޓޭންކުރުން.
  15. ފެކަލްޓީއަށް ބޭނުންވާ ފޮޓޯ ނެގުމާއި، ތަކެތި ވީޑިއޯކުރުމާއި، ރެކޯޑްކުރުމާއި، ތަކެތި ބެެލެހެއްޓުން.
  16. ފެކަލްޓީގެ ކިލާސްތަކަށް ތައްޔާރުކުރަންޖެހޭ މަލްޓިމީޑިއާ ތައްޔާރުކުރުމާއި، ފެކަލްޓީން ބޭރުތަނެއްގައިވެސް ފެކަލްޓީގެ މިފަދަ ތައްޔާރީތައް ކުރަންޖެހޭ ޙާލަތްތަކުގައި އެކަންކަން ކުރުމާއި، މިތަކެތި މެއިންޓޭން ކުރުން.
  17. އޮފީހުން ހަމަޖައްސާގޮތުގެމަތިން އިތުރުގަޑީގެ ޑިއުޓީއަށް ނިކުތުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުޞޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

 

  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
  •  އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ޖަނަވަރީ 6 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 15:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލާފައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
31 ޑިސެންބަރު 2014