ބީލަން
ނަންބަރު: (IUL)346/346/2023/25
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 30 މާރިޗު 2023 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް 2 ބިން ބީލަން އުޝޫލުން ދޫކުރުމާއި ގުޅޭ

އިޢުލާން

ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް 2 ބިން ބީލަން އުޝޫލުން ދޫކުރުމާއި ގުޅޭ

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ހިމަންދޫ ބަނދަރުގެ އިރުވާ ކޮޅުން 1455 އަކަފޫޓް 1 ބިމާއި 1710 އަކަފޫޓް 1 ބިން ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުމާއި ބީލަން ފޮތް ބައްލަވައި ގަތުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 21  މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ބިޑު ރަޖިސްޓަރ ކުރެއްވުމަށް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ޝީޓު ފުރިހަމަ ކޮށް މިއިދާރާގެ [email protected]  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.      
  • ބީލަމަށް ރަޖިސްޓްރީކޮށް ބީލަން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 1000ރ ( އެއްހާސް ރުފިޔާ ) އަށެވެ. ބީލަން ފޮތް ގަތުމަށް ޚަރުދު ކުރި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ބީލަން ފޮތް ބައްލަވައި ގަނެވޭނީ ހަމަ އެކަނި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ  22  މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 7948087 އަށް ގުޅުއްވައި ސާފުކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 30 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ.

     

                                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 މާރިޗު 2023