ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-ES/468/2023/57
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 12 މާރިޗު 2023 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު އެކި ސަރަހައްދުތަކުން ގަސް ކެނޑުމާއި ގުޅޭ

ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ: 93/4) ގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ޤަވާއިދު، ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު:  (2022/R-92 ގެ 4 މާއްދާގެ ހ ގެ 1 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތުގައި ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20(ވިހި) މީޓަރު ފުޅާމިނުގެ ސަރަޙައްދުގެ ތެރޭގައި ހެދިފައިހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭޝަން ބެލްޓުގައި ހިމެނޭ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ މަނާ ކަމެކެވެ.

އަދި ހަމަ މި ޤަވާއިދުގެ (ޤަވާއިދު ނަންބަރު:  (2022/R-925 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ފަދައިން ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމުގައި ދަންނަވަމެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލްގެ 2018/30 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ގޮތަށް މިކައުންސިލްގެ އިއުލާން ނަންބަރ (IUL)468-U03/INDIV/2018/42 އިން އާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށް ރުއްގަސް އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، އުފުރުމާއި، ކެނޑުމުގައި އަމަލު ކުރުމަށް ދަންނަވަމެވެ.

ނަމަވެސް ފުވައްމުލަކުގެ ހޭޅިފަށުންނާއި އެހެނިހެން ސަރަހައްދުތަކުން ގަވާއިދާއި ޙިލާފަތް ގިނަ އަދަދަކަށް ރުއްގަސް ކަނޑަމުންދާކަން ވަނީ ފާހަގަވެފައެވެ. އެހެންކަމުން ރުއްގަސް ކެނޑުމުގައި ޤަވާއިދު ނަންބަރު:92  2022/R-އާއި އަދި މިކައުންސިލްގެ އިއުލާން ނަންބަރ (IUL)468-U03/INDIV/2018/42 އިން އާންމުކޮށްފައިވާ އުސޫލްތަކާއި، އިޖުރާތްތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ހުރިހާ ރައްޔިތުންނަށް އަންގާ އިލްތިމާސްކުރަމެވެ. އަދި މި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ. މިހެންކަމުން މިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

12 މާރިޗު 2023