| މަޤާމު  | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:  | އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3) | 
| ބޭނުންވާ އަދަދު: | 01   | 
| މުސާރަ: | -/4،465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ | 
| އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް | އަސާސީ މުސާރައިގެ %35 | 
| މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: | އެޓަރނީ ޖެނެރަލްގެ އޮފީސް/ ސިވިލް ލިޓިގޭޝަން ސެކްޝަން، މާލެ | 
| މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: | 
ސެކްޝަނަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން.ކޯޓު ޝެޑިއުލް އަޕްޑޭޓްކޮށް ބެލެހެއްޓުން.ސެކްޝަންގެ ސިޓީތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.ސެކްޝަންގެ މައްސަލަތަކާ ގުޅިގެން މީޓިންގތައް ހަމަޖައްސައި ރިކޯޑުތައް ބެލެހެއްޓުން.ސެކްޝަންގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.ބްރީފިންގެ އިންތިޒާމު ހަމަޖައްސައި ރިކޯޑުތައް ބެލެހެއްޓުން.އެޓަރނީން މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ދަތުރު ފަތުރުގެ އިންތިޒާމު ހަމަޖެއްސުން.ސެކްޝަން ހިންގަމުންގެންދާ ވެރިންގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.މީގެ އިތުރުންވެސް އޮފީހުން ހަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން. | 
| މަޤާމުގެ ޝަރުޠުތައް: | 
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު - ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން - މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން | 
| އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: | 2015 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30ގެ ކުރިން މި އޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ. 
ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް؛ އަދިސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު". މި ފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. |