މަސައްކަތް
ނަންބަރު: (IUL)23-E/23/2023/74
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 30 މާރިޗު 2023 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުއަށް ހުށަހެޅޭ މެޑިކަލް ކޭސްތައް ރިވިއުކޮށް ރިޕޯޓް ތައްޔާރު ކުރުމާ ގުޅޭ

މިނިސްޓްރީ އޮފް ހެލްތުއަށް ހުށަހެޅޭ މެޑިކަލް ކޭސްތައް ރިވިއުކޮށް ރިޕޯޓް ތައްޔާރު ކުރުމާ ގުޅޭ:

މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ މެޑިކަލް އެކިއެކި މައްސަލަތައް މިނިވަން ފަންނީ މާހިރެއްގެ ހައިސިއްޔަތުން ރިވިއުކޮށް ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ. މި މައްސަލަތައް ރިވިއު ކުރައްވާ ފަރާތްތަކުގެ މައުލޫމާތަކީ ސިއްރުކުރެވޭނޭ މަޢުލޫމާތެކެވެ. އަދި މި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން -/20000 - -/5000 ރުފިޔާގެ އަދަދެއްގެ އިނާޔަތެއްދެވޭނެއެވެ.

 

ބޭނުންވާ ދާއިރާތައް:

ހުރިހާ ދާއިރާ ތަކުގެ މެޑިކަލް ސްޕެޝަލިސްޓުން       

އުޖޫރައާއި އެލަވެންސް އަދި މަސައްކަތުގެ މުއްދަތު:

  • ރިވިއު ކުރެވޭ ކޮންމެ ކޭސްއަކަށް އުޖޫރައެއް ރިވިއު ކުރާފަރާތައް ދެވޭނެ
  • ޕްރިލިމިނަރީ ރިވިއު އެއްނަމަ 72 ގަޑިއިރު ތެރޭގައި ރިޕޯޓް ނިންމާ ހަވާލު ކުރުން
  • އެކްސްޕެޑައިޓް ރިވިއު އެއްނަމަ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ނިންމާ ހަވާލު ކުރުން
  • ރޫޓީން ރިވިއު އެއްނަމަ 4 ހަފްތާގެ ތެރޭގައި ރިޕޯޓް ނިންމާ ހަވާލު ކުރުން

 

މަސައްކަތާއި ޒިންމާތައް:

  •   ހުށަހެޅޭ މައްސަލައަކާއި ގުޅޭގޮތުން މިނިސްޓްރީއިން ހަވާލުކުރާ ލިޔެކިޔުންތައް ބެލުމަށްފަހު ފަންނީ މާހިރެއްގެ ހައިސިއްޔަތުން ލަފާދިނުން.
  •    ހުށަހެޅޭ މައްސަލައަކާއި ގުޅިގެން އިތުރަށް މަޢުލޫމާތެއް ހޯދަންޖެހޭނަމަ އެމަޢުލޫމާތެއް ހޯދުމަށްޓަކައި މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރުން.
  •   މައްސަލައާއި ގުޅިގެން ހޯދުނު އެންމެހާ ލިޔެކިޔުންތަކާއި، މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމަށް ފަހު ތަފްސީލީ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހެޅުން.
  •  ރިވިއު ކުރަން ހަވާލުކުރާ މައްސަލައާއި ގުޅިގެން ދަތުރުކުރަންޖެހޭ ހާލަތެއްގައި ދަތުރުކުރުން.

ފެންވަރު ނުވަތަ ޝަރުތު:

  • ޕޯސްޓްގްރެޖުއޭޓް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން.
  • މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެ ލައިސެންސް އޮތް މީހެއްކަމުގައި ވުން.
  • މަތީގައި އެވާ ދާއިރާއިން ޚާއްސަވުމަށްފަހު މަސައްކަތުގެ ދާއިރާގައި 3 އަހަރާއި ނުވަތަ 5 އަހަރާއި ދެމެދުގެ ތަޖްރިބާ ލިބިފައިވުން. (މި މަސައްކަތަށް މީހަކު ހޮވުމުގައި މަސައްކަތު ތަޖުރިބާއަށް އިސްކަންދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ
  • ފަންނީ ދާއިރާގެ ކައުންސިލްގެ ރަޖިސްޓްރޭޝަންގެ ކޮޕީ
  • އައިޑީ ކާޑްގެ ކޮޕީ

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 3014426

ނޯޓް: މިކަމަށް އެދި 30 މާރިޗު 2023  ގެ 13:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކުއަލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޜަންއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected]/mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

09 މާރިޗު 2023