ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2023/80
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 16 މާރިޗު 2023 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް

 

އިޢުލާނު

 

މަޤާމު:

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް

މަޤާމުގެ ނަންބަރު:

J-358658

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މަޤާމުގެ ރޭންކާއި، ޕަބްލިކް ސަރވިސް ރޭންކާއި، ޝަރުޠާއި، އަސާސީ މުސާރައާއި، މަޤާމުގެ އެލަވަންސްތަކާއި، ހާޒިރީ އިނާޔަތް:

މަޤާމް ރޭންކް

ޕްބަލިކް ސަރވިސް ރޭންކް

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

 

ރޭންކް 1

 

ޕަބްލިކް ސަރވިސް ރޭންކް 8

 

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

12,753/-ރ

5,951/-ރ

161/-ރ

 

 

ރޭންކް 2

ޕަބްލިކް ސަރވިސް ރޭންކް  9

 

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި،  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ތީޗަރެއްގެ ގޮތުގައި 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް، ރޭންކް 1 ގައި 4 އަހަރު ޚިދުމަތް ކޮށްފައިވުން.

14,886/-ރ

6,947/-ރ

188/-ރ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންޑެންސް ލަރނިންގ ޕްރޮގްރާމް ފޯ އައުޓް އޮފް ސްކޫލް ޗިލްޑްރަން" އަށް ތައްޔާރުކޮށްފައިވާ ލަރނިންގ ޕްރޮގްރާމުގެ ޓްރޭނިންގ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޓީޗަރުން، އަދި ސީނިއަރ މެނޭޖްމަންޓަށް ހިންގުމުގައި އެހީތެރިވެދިނުން
  2. "ކޮންޑެންސް ލަރނިންގ ޕްރޮގްރާމް ފޯ އައުޓް އޮފް ސްކޫލް ޗިލްޑްރަން" ކުރިއަށް ގެންދާގޮތް މޮނިޓަރކުރުން.
  3. ސްކޫލުން އެކި ސަބަބުތަކާހުރެ ވަކިވެފައިވާ ކުދިން އަދި ދުވަހަކުވެސް ސްކޫލަށްނުދާ ކުދިންނަށް ފޯރުކޮށްދޭންޖެހޭ އުނގެނުމުގެ ބައި "ކޮންޑެންސް ލާނިންގ" ނިޒާމުގެ ތެރެއިން ފޯރުކޮށްދޭކަން ކަށަވަރުކުރުން.
  4. ސްކޫލްތަކުގައި ދަރިވަރުންނަށް ދިމާވާ އަހުލާޤީ މައްސަލަތައް ނުވަތަ ބިހޭވިއަރ މައްސަލަތައް ބަލާ ދިރާސާކޮށް އިންޓަވެންޝަން ކުރިއަށް ގެންދިއުމުގައި އެމަސައްކަތް ބަލަހައްޓާ މުވައްޒަފަށް އެހީތެރިވުމުގެ ގޮތުން ޙަވާލުކުރާ މަސައްކަތްކުރުން.
  5. ސްކޫލް ފިޔަވާ އެހެން މުއައްސަސާތަކުން އަންނަ ދަރިވަރުންގެ މައްސަލަތައް ރިވިއުކޮށް، ސުޕަވައިޒަރުގެ މަޝްވަރާއާއެކު ޑިވިޜަންގެ ވެރިޔާއަށް ހުށަހަޅައި، އިންޓަރވެންޝަން ހިންގާ ފޮލޯއަޕް ހެދުން. 
  6. އެޓެންޑަންސް ޕޮލިސީ ތަންފީޒުކުރުމަށްޓަކައި ދިގުމުއްދަތަކަށް ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ މަޢުލޫމާތު އެއްކޮށް ސްކޫލުތަކަށާއި ބެލެނިވެރިންނަށް ގުޅާ ސަބަބު އޮޅުންފިލުވާ، އެކުދިން އަލުން ސްކޫލަށް އަނބުރާ ގެނައުމަށް މަސައްކަތްކޮށް  މޮނިޓަރކޮށް އަޕްޑޭޓްކުރުން.
  7. ދިގުމުއްދަތަކަށް ސްކޫލަށް ހާޒިރުނުވާ ދަރިވަރުން ސްކޫލަށް އަލުން ގެނައުމަށްޓަކައި ދަރިވަރުންގެ އެކަޑެމިކް އެސެސްމަންޓް ހަދާ އިންޓަރވެންޝަން ހިންގުމާއި ޑިވިޜަނުގެ އެކްޝަން ޕްލޭން ރޭވުމުގައާއި އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުން.
  8. ޑިވިޜަނުގެ ހަފުތާގެ ޔައުމިއްޔާގައި ހިމެނުމަށް ބޭނުންވާ މަޢުލޫމާތު، އެބޭފުޅަކު ކުރައްވާ މަސައްކަތެއްގެ ބައި ލިޔެ ތައްޔާރުކޮށް ޑިވިޜަންގެ އެޑުމިން ސްޓާފަށް ދިނުން އަދި ޑިވިޜަންގެ އަހަރީ ރިޕޯޓުގައި ހިމެނުމަށް ބޭނުންވާ މަޢުލޫމާތުވެސް ދިނުން.

މީގެއިތުރުން ސުޕަވައިޒަރ ޙަވާލުކުރައްވާ އޮފީހުގެ ރަސްމީ މަސައްކަތްތައްކުރުމާއި ޑިވިޜަނުން ބޭނުންވެއްޖެ ހިނދެއްގައި ޑިވިޜަނުން ހިންގާ ރަސްމީ ޕޮރޮގުރާމުތަކުގައި އެހީތެރިވެދިނުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 

ޗޭންޖިންގ އެޑިއުކޭޝަން 

ކަރްރިއުލަމް އެންޑް އިންސްޓްރަކްޝަން 

ކަރްރިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޮލޮޖީ 

ކަރްކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން 

ކަރްކިއުލަމް ސްޓަޑީޒް 

އެޑިއުކޭޝަން މެނޭޖްމަންޓް 

އެޑިއުކޭޝަން ޕޮލިސީ 

އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން 

އެޑިއުކޭޝަނަލް އެންޓަރޕްރެނިއަރޝިޕް 

އެޑިއުކޭޝަނަލް ލީޑާޝިޕް 

އެޑިއުކޭޝަނަލް ސައިކޮލޮޖީ 

އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން 

އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ 

އިންކްލޫސިވް އެޑިއުކޭޝަން 

ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން 

ލީޑަރޝިޕް އިން އެޑިއުކޭޝަން 

ސްކޫލް އެޑްމިނިސްޓްރޭޝަން 

ސްކޫލް ލީޑަރޝިޕް 

ސްކޫލް މެނޭޖްމަންޓް 

ސްޕެޝަލް އެޑިޔުކޭޝަން 

ޓީޗަރ ލީޑަރޝިޕް 

ޓީޗިންގ 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

 

ޓީޗިންގް ސާވިސަސް

އެޑިއުކޭޝަން

މަސައްކަތު ތަޖުރިބާ:

ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ނުވަތަ މަތީ ތަޢުލީމާގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  9. (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  11. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  12. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  13. (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ، ރޭންކު 1 ގެ ޝަރުތު ފުރިހަމަވުން

25

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ، ރޭންކު 2 ގެ ޝަރުތު ފުރިހަމަވުން

30

ތަޖުރިބާ

އަސާސީ ޝަރުތުގައި ބަޔާންކުރާ "ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި" މަސައްކަތްކޮށްފައިވާ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

05

އަސާސީ ޝަރުތުގައި ބަޔާންކުރާ "މަޤާމުގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ (މި އުޞޫލުގެ 5 ގެ (ށ) ގައިވާ ގޮތުގެ މަތިން)

05

އިންޓަވިއު

 

35

ޕްރެކްޓިކަލް

 

25

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/Ayni5h3VPMyNbovv6

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 17 މާރިޗު 2023 އާއި 30 މާރިޗު 2023 އާ ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިމްތިޙާނު އަދި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3341469 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ޕްރިންސިޕަލުން އަދި ޑެޕިއުޓީ ޕްރިންސިޕަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

 

09 މާރިޗު 2023