މަސައްކަތް
ނަންބަރު: (IUL)22-EDF/22/2023/71
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 18 މާރިޗު 2023 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލިފްޓް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

`

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

 

                           އިޢުލާން ނަންބަރު : (IUL)22-EDF/22/2023/71

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ލިފްޓް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

1.      ތިރީގައި މިދަންނަވާ 4 ޢިމާރާތުގެ ލިފްޓްތައް ސާރވިސްކޮށް ބަލަހައްޓައި ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)22-EDF/22/2022/175   ޢިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ،  2 (ދޭއް) އަހަރު ދުވަހުގެ މުއްދަތުގައި ލިފްޓްތައް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ފިލާ ބިލްޑިންގ 1 ގައި ހުރި 1 ލިފްޓާއި، އެދުރުވެހި ޢިމާރާތުގެ 1 ލިފްޓާއި، އެދުރުހިޔާގެ 2 ލިފްޓާއި، ފިލާބިލްޑިންގ 2 ގައި ހުރި 1 ލިފްޓް (ޖުމްލަ 5 ލިފްޓް)  

2.      މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް، 08 މާރިޗު 2023 އިން ފެށިގެން 18 މާރިޗު 2023 ގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ، 19 މާރިޗު 2023 ދުވަހު 10:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ، 9 ވަނަ ފަންގިފިލާ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:  https://forms.gle/1vxf7NgQWDQcf2v47

3.      ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 26 މާރިޗު 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.

4.      އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އެދުރުހިޔާ  9 ވަނަ ފަންގިފިލާ ، ފަޅުމަތީ މަގު

މާލެ، ދިވެހިރާއްޖެ.

ފޯން: , 3341193 3341194

08 މާރިޗު 2023