ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2023/59
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި: 09 މާރިޗު 2023 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޑިފެންސް - ހިއުމަންރިސޯސް އޮފިސަރ

މަގާމު:

ހިއުމަންރިސޯސް އޮފިސަރ

މަގާމުގެ ނަންބަރު:

J-330484

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް-2

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭތަން:

މިނިސްޓްރީ އޮފް ޑިފެންސް، މާލެ.

މުސާރަ:

މަހަކު 6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ޓެކްނިކަލް ކޯ އެލަވަންސް: މި މަގާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް ހުށަހަޅާފައިވާނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ)، ކޯ ޑިސިޕްލިން ސެޓްފިކެޓެއް ހުށަހަޅާފައި ނެތްނަމަ، ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ ލިބޭނެއެވެ.

2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

3- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

5- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މިނިސްޓްރީން މުވައްޒަފުން ހޯދުމަށް ކުރާ އިއުލާންތަކާގުޅިގެން ސިވިލް ސަރވިސްގެ ވަޒީފާއަށްއެދި ހުށަހަޅާ ފޯމްތަކާ ހަވާލުވެ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް ފޯމުގައިވާ މަޢުލޫމާތު ޗެކްކޮށް، A2 ފޯމަށް މާކްސްތައް އެންޓަރ ކޮށް A2 ފޯމް ފުރިހަމަކުރުން. މީގެ އިތުރުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ސެޓްފިކެޓްތަކުގެ ތެރެއިން އެމް.ކިޔޫއިން ފެންވަރު ބަލަންޖެހޭ ސެޓްފިކެޓްތަކުގެ ފެންވަރު ބެލުމާއި، ވަޒީފާއަށް އެދުނު ފަރާތްތައް ގަވާއިދު ޝޯޓްލިސްޓް ކުރުމާއި، ޝޯޓްލިސްޓު ނުވާ ފަރާތްތަކަށް ޖަވާބު ދިނުމާއި، ގަވާއިދާއެއްގޮތަށް  އިންޓަރވިއު ޕްރޮސެސް ކުރިއަށް ގެންދިއުމާއި، އިންޓަރވިއު ނިމުމުން، ޕެނަލިސްޓުންގެ މާކްސްތައް A2 ފޯމަށް އެންޓަރކޮށް ފައިނަލްކުރުމަށްފަހު، ވެބްސައިޓްގައި ޝާޢިއުކުރުމަށް ހަވާލުކުރުމާއި، ޝަކުވާ ހުށަހަޅާ ފަރާތަތަކަށް ޖަވާބުދާރީވުމާއި، ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އެކަން އެންގުމާއި، އެއްވަނައަށް ހޮވުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2-  ސިވިލް ސަރވިސް ވަޒީފާއިން ވަކިވާންއެދޭ މުވައްޒަފުންގެ މަޢުލޫމާތު ޗެކްކޮށް، ކަމާބެހޭ ޔުނިޓް/ސެކްޝަންތަކަށް އެންގުމާއި، މުވައްޒަފަށް ޖަވާބު ދިނުމާއި، ވަޒީފާއިން ވަކިކުރުމަށް ގަވާއިދުން ސީ.އެސް ވިއުގައިން ޑޭޓާ އެންޓަރކޮށް ފޮނުވުމާއި، ވަޒީފާއިން ވަކިކުރުމުން، ވަކިކުރިކަން ޔުނިޓް/ސެކްޝަނަށް އެންގުމާއި، އެ މުވައްޒަފުގެ ޕީ.އޭ މަސައްކަތް ނިންމުމަށާއި، އަހަރީޗުއްޓީ ބާކީ ރިޕޯޓް ފޮނުވުމަށް އެންގުމާއި، އަދި ވަޒީފާއިން ރިޓަޔަރ ކުރާ މުވައްޒަފުންގެ އިނާޔަތްތައް ހިސާބުކޮށް ވިއުގައަށް އެންޓަރކުރުން.

3- ގާނޫނު ނަންބަރު 2007/5 (ސިވިލް ސަރވިސްގެ ގާނޫނު) ގެ ދަށުން މުވައްޒަފުންގެ ހާޒިރީ ރެކޯޑްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޮންމެ މަހަކު މިނިސްޓްރީ މުވައްޒަފުންގެ (ސިވިލް/ޕޮލިޓިކަލް) ހާޒިރީ ރިޕޯޓާއި، ގަޑީލާރި ރިޕޯޓް އަދި ހުއްދަ ދީފައިވާ އިތުރުގަޑީގެ ޝީޓްތައް ބަޖެޓް ސެކްޝަނާ ހަވާލުކުރުމާއި، ޕީ.އެސްގެ ހާޒިރީ ރެކޯޑް ކޮންމެ މަހަކު ސިވިލް ސަރވިސް ކޮމިޝަނަށް މެއިލް ކުރުމާއި، ބަންދު ދުވަސްތަކާ ގުޅުވައިގެން ސަލާމް ބުނާ މުވައްޒަފުންގެ މަޢުލޫމާތު ހިމަނައިގެން ކޮންމެ މަހެއްގެ ހާޒިރީ ރެކޯޑް މިނިސްޓަރުގެ ނާއިބު އަދި ޕީ.އެސް އަށާއި، އެޗް.އާރު ހެޑަށް މެއިލްކުރުން.

4- މިނިސްޓްރީގެ މުވައްޒަފުން އެކިބޭނުންތަކަށް ބޭނުންވާ ލިޔުން ހޯދުމަށް ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން. (އޭގެތެރޭގައި ވަޒީފާ އަދާކުރި/ އަދާކުރާކަމުގެ ލިޔުން، ބޭންކް އޮފް މޯލްޑިވްސް/އިސްލާމިކް ބޭންކް ފަދަ ތަންތަނުން ލުއިލޯން ނެގުމަށް ބޭނުންވާ ލިޔުމުގެ އިތުރުން އެސްޓީއޯ އިން ކްރެޑިޓް ސްކީމަށް މުދާނެގުމަށް ބޭނުންވާ ލިޔުން)

5- މިނިސްޓްރީ މުވައްޒަފުންގެ ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުމާއި، އެކިއެކި ޗުއްޓީތަކުގައި (ލީވްތަކުގައި) ތިބޭ މުވައްޒަފުންގެ މަޢްލޫމާތު އީ.އެޑްމިން އަދި އެޗް.އާރު ސިސްޓަމަށް އެންޓަރ ކުރުމާއި، ހާޒިރީއާގުޅިގެން ފިޔަވަޅު އަޅަންޖެހޭ އަދި ލުއިދެވޭ މުވައްޒަފުންގެ މަޢްލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ވަކިވާ މުވައްޒަފުންގެ އަހަރީޗުއްޓީގެބާކީ ހުރިތޯބަލާ،ބާކީ ހުރި ދުވަސްތަކަށް ލިބެންޖެހޭ ފައިސާ ދިނުމަށްޓަކައި ރިޕޯޓްތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުން.

6- ސީ.އެސް ވިއުގަ 2.0 ގެ ޑާޓާ އެންޓްރީ ރޯލް އަދާކުރުން.

7- ދައުލަތުގެ މާލިއްޔަތުގެ ގާނޫނު (ނަންބަރު 3/2006) އާއި މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެމަތީން ސެޕް ސިސްޓަމްގެ ޑޭޓާ އެންޓްރީ ރޯލް (އެމް.އެން.ޑީ.އެފް/ސިވިލް) ބެލެހެއްޓުން.

8- އެމް.އެން.ޑީ.އެފްގެ ވަޒީފާއާގުޅޭ މަސައްކަތްތައް ކުރުން. (ވަޒީފާ ދިނުން/ ވަކިކުރުން/ ޕްރޮމޯޝަން/ ބަދަލުކުރުން/ ރިޓަޔަރކުރުންފަދަ މަސައްކަތް)

9- މިނިސްޓްރީއާއި ޔުނިޓްތަކުގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންގެ ރެކޯޑްފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

10- މިނިސްޓްރީއާއި ދާއިރާގެ ސްޓަކްޗަރ ހެދުމާއި ބަދަލުގެނައުމުން ފަދަ މަސައްކަތްތަކުގެ އިތުރުން ދާއިރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން.

11- މުވައްޒަފުންގެ ހާޒިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމަށްޓަކައި، ހާޒިރީ ބަލަހައްޓާ ސިސްޓަމް ކޮންމެދުވަހަކު ބަލާ، ފިޔަވަޅު އަޅަންޖެހޭ ކަންތައްފާހަގަކޮށް އެކަމެއް ހައްލުކުރުމަށާއި، ކުރީދުވަހުގެ ހާޒިރީގައިހުރި މައްސަލަތައް ޖެހިގެންއަންނަ ދުވަހު ނިންމުން.

12- މިނިސްޓްރީގެ ވަޒީފާ ހަމަޖައްސާ މުވައްޒަފުންގެ އޮފީސް ކާޑާއި، އީ-މެއިލް،ޖެމްސް،އީ-އެޑްމިންފަދަ އެކްސެސްތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

13- މިނިސްޓްރީ މުވައްޒަފުންގެ އައިޑީކާޑު، ވަޒީފާ ބަޔާން،އަދި ވަޒީފާގެ އެއްބަސްވުންތަކާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ސީ.އެސް ވިއުގައަށް އަދާހަމަކުރުން.

14- މިނިސްޓްރީގެ ވަޒީފާ ހަމަޖައްސާ މުވައްޒަފުންނާއި، ވަޒީފާއިން ވަކިވާ މުވައްޒަފުންނާގުޅޭގޮތުން ޢަމަލުކުރަންޖެހޭގޮތުގެ ޗެކްލިސްޓު ތައްޔާރުކުރުމާއި، ގަވާއިދުތަކާއި އުސޫލުތަކަށް އަންނަ ބަދަލާގުޅިގެން ޗެކް ލިސްޓުތައް އަޕްޑޭޓް ކުރުން.

މަގާމުގެ ޝަރުތުތައް:

1- ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަގާމުގެ ކޯ ޑިސިޕްލިން:

ހިއުމަންރިސޯސް މެނޭޖްމަންޓް

ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިން ސެޓްފިކެޓަށް ދިނުމަށް ކަނޑައަޅާފައިވާ 5 ޕޮއިންޓް ދެވޭނެއެވެ.

މަސައްކަތުގެ ދާއިރާ:

ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ww.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން،

(ރ) ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  އަސާސީ ޝަރުތު ހަމަވުން    %30

2-  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު   %5

3-  ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް  %5

4-  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ    %5

5-  އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)      %20

6-   އިންޓަރވިއު   %35  

ނޯޓް: މަގާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2023 މާރިޗު 9 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި މިނިސްޓްރީއަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިނިސްޓްރީއަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިމްތިހާން، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް/އިމްތިހާން އޮންނާނީ، 2023 މާރިޗު 12 އާ 16 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސްގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި  އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުން.

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 މާރިޗު 2023