| ވަޒީފާގެ ފުރުޞަތު | 
| މަޤާމް: | އޯޑިޓް އެކައުންޓަންޓް (އެމް.އެސް 1) | ބޭނުންވާ ޢަދަދު: | 1 | 
| ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| މުސާރަ: | -/5،610 ރުފިޔާ | ސާރވިސް އެލަވަންސް: | މަހަކު -/2،000 ރުފިޔާ | 
| އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން: | މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ. މާލެ | ސެކްޝަން: | އިންޓަރނަލް އޯޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޜަން   | 
| މަޤާމުގެ ޝަރުޠު: | 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި، ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި، ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި، ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ އޯޑިޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.   | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: | 
މިނިސްޓަރ ނުވަތަ މިނިސްޓަރ އެކުލަވާލާ އިންޓަރނަލް އޮޑިޓް ކޮމިޓީއަކުން ނުވަތަ މިނިސްޓަރ ކަނޑައަޅާ އެހެންވެސް ފަރާތަކުން ހުއްދަދީފައިވާ އޮޑިޓް ޗާރޓަރާއި އޮޑިޓް މެނުއަލްގައި ބަޔާންކުރާ އުޞޫލުން އޮޑިޓް މެނޭޖްމަންޓުން ހަވާލުކުރާ އިންޓަރނަލް އޯޑިޓްގެ މަސައްކަތާއި، ދައުލަތުގެ މާލީ ލިޔެކިއުން ބެލެހެއްޓުމުގެ އެހެނިހެން ހަރަކާތްތައް ހިންގުން. 
ދައުލަތުގެ މުޢައްސަސާތަކުގެ މާލީ ލިޔެކިއުމާއި ފައިސާގެ ހިސާބުތައް ބެލުމަށް އެކުލަވައިލާފައިވާ އިންޓަރނަލް އޮޑިޓް މެނުއަލުގައި ބަޔާންކުރާ އުޞޫލުން، އޮޑިޓް މެނޭޖްމަންޓުން އަންގާގޮތެއްގެމަތީން އޮޑިޓް މަސައްކަތް ޕްލޭންކުރުމާއި، އޮޑިޓް ފީލްޑް މަސައްކަތާއި،  އޮޑިޓް ރިޕޯޓް ތައްޔާރުކުރުން.ދައުލަތުގެ މުޢައްސަސާތަކުން މާލީ ހަރަކާތްތައް މޮނިޓަރކުރުމަށް އޮޑިޓް މެނުއަލުގައި ނުވަތަ އޮޑިޓް މެނޭޖްމަންޓުން ހަމަޖައްސާފައިވާ އުޞޫލުން މަސައްކަތްކުރުން. | 
| އުޖޫރައާއި ޢިނާޔަތްތައް: | - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. - ފިނޭންސް އެލަވަންސްގެގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. | 
| މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: | - ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހުން. - އެކައުންޓިންގ ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. - މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު. - ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ).ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި (އެކްރެޑިޓްކޮށްފައި) ޓްރާންސްކްރިޕްޓްވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓްއެހެން ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، އަދި ސަރުކާރަށް ޚިދުމަތްކުރުމަށް ބޮންޑުކުރެވިފައިވާ މުވައްޒަފަކު މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ ޢަދާކުރާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.  މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. | 
| ސުންގަޑި: | 2014 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 14:30 ގެ ނިޔަލަށް. | 
| އިތުރު މަޢުލޫމާތު: | - މަޢުލޫމާތު ހޯދުމަށް ގުޅާނީ 3349335/3349171 ނަންބަރު ފޯނާއެވެ. - މި މަޤާމަށް އިންޓަވިއުކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ.  - ޝޯޓްލިސްޓްކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. - އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްއާއި އިމްތިޙާންކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ. |