ދިވެހިރާއްޖެ
ފާސްކުރެވުނީ: 22 ފެބުރުވަރީ 2023 ވަނަ ދުވަހު ބޭއްވުނު ދަރަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދަޢުރުގެ 91 ވަނަ ޖަލްސާއިންނެވެ.
| މަޤުޞަދު | 
 | (ހ) | މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލެވިފައިވާ އުޞޫލެކެވެ. މި އުޞޫލު އެކުލަވައިލެވިފައި ވަނީ މި އިދާރާގައި އިމާރާތްކޮށްފައިވާ ރަސްގެ އޮޑި މާލަމުގެ ޚިދުމަތް، އުޞޫލެއްގެ ދަށުން ފަސޭހަ ކަމާއެކު ފޯރުކޮށް ދިނުމުގެ މަޤުޞަދުގައެވެ. | 
| 
 | 
 | (ށ) | މި އުސޫލަށް ކިޔާނީ، "ރަސްގެ އޮޑި މާލަން ކުއްޔަށް ދޫކުރުމުގެ އުޞޫލު" އެވެ. | 
| ހޯލު ކުއްޔަށް ދިނުން | 
 | (ހ) | މި އުޞޫލުގެ ދަށުން ރަސްގެ އޮޑި މާލަން ކުއްޔަށް ހިފާ ފަރާތްތަކުން މި އުޞޫލުގެ ޖަދުވަލު 1 ގައިވާ "ރަސްގެ އޮޑި މާލަން ކުއްޔަށް ހިފުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށް ފަހު ދަރަވަންދޫ ކައުންސިލުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| 
 | 
 | (ށ) | މި އުޞޫލުގެ ދަށުން ޚިދުމަތް ހޯދުމަށްޓަކައި ފޯމު ހުށަހެޅޭނީ ޚިދުމަތް ބޭނުންވާ ތާރީޚުގެ ގިނަވެގެން 15 ދުވަސްކުރިންނެވެ. | 
| 
 | 
 | (ނ) | ހޯލު ބުކިންގްސް ހެދުމާއި ފައިސާ ދެއްކުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސާނީ ސަރުކާރުގެ ރަސްމީ ގަޑީގައެވެ. | 
| ހޯލު ކުއްޔަށް ހިފާ ފަރާތުން ހޯލުގައި ހިންގޭނެ ހަރަކާތްތައް | 
 | (ހ) | ޖަލްސާ، ސެމިނަރ، ވަރކްޝޮޕް، ކޯސްތައް ބޭއްވުމަށް | 
| (ށ) | މައުރަޒުތަކާއި މުބާރާތްތައް ބޭއްވުމަށް | ||
| (ނ) | އިމްތިޙާނުތައް ބޭއްވުމަށް | ||
| (ރ) | ޕާޓީތައް ބޭއްވުމަށް | ||
| (ބ) | ފިލްމު ދެއްކުން | ||
| ހޯލު ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތު | 
 | 
 | ހޯލު ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ ވިދިވިދިގެން 7 ދުވަހަށެވެ. 
 | 
| ހޯލު ކުއްޔަށް ދޫކުރެވޭ އަގުތައް | 
 | (ހ) | 24 ގަޑިއިރަށް ނަމަ -/2500 | 
| (ށ) | 12 ގަޑިއިރަށް ނަމަ -/1500 | ||
| (ނ) | 3 ގަޑިއިރަށްވުރެ ދިގު 6 ގަޑިއިރަށްވުރެ ކުރު ނަމަ -/1000 | ||
| (ރ) | 3 ގަޑިއިރަށްވުރެ ކުރު ނަމަ -/350 | ||
| (ބ) | ދަރަވަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އަނބި، ފިރި އަދި ދަރިންގެ ޕާޓީ ބޭއްވުމަށް -/350 | ||
| ހޯލު ތައްޔާރުކުރުން | 
 | (ހ) | ހޯލުގައި ގޮނޑިޖަހައި ހޯލު ތައްޔާރުކުރުމަކީ ކުއްޔަށް ހިފާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. | 
| (ށ) | ކުއްޔަށް ހިފާ ފަރާތުން ހޯލު ބޭނުންކުރުމަށްފަހު، މި އިދާރާއާއި ހޯލު ޙަވާލުކުރަން ވާނީ ސާފުކުރުމަށް ފަހު އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ދެ ފަރާތުން ބެލުމަށް ފަހުގައެވެ. | ||
| (ނ) | ކުއްޔަށް ހިފި ފަރާތުން ހޯލު ބޭނުންކުރުމުގައި އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއް ރަނގަޅުކުރަންވާނީ ކުއްޔަށް ހިފި ފަރާތުންނެވެ. 
 | ||
| ހޯލާއެކު ދޫކުރެވޭ ތަކެތި | 
 | (ހ) | 100 ގޮނޑި | 
| (ށ) | 10 މޭޒު | ||
| (ނ) | މަލްޓި މީޑިއަރ ޕްރޮޖެކްޓަރ | ||
| (ރ) | ސައުންޑް ސިސްޓަމް | ||
| (ބ) | ޕޯޑިއަމްޒ | ||
| (ޅ) | ފްލިޕް ބޯޑް | ||
| ޒިންމާވުން | 
 | 
 | ހޯލުކުއްޔަށް ހިފާ ފަރާތުން ކުއްޔަށް ހިފި މުއްދަތުގެ ތެރޭގައި ހޯލުގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުމެއްވެއްޖެ ނަމަ އޭގެ ބަދަލު ހޯލު ކުއްޔަށް ހިފާ ފަރާތުން ދޭންޖެހޭނެއެވެ. | 
| އިތުރު މަޢުލޫމާތު | 
 | (ހ) | ރަސްގެ އޮޑި މާލަމަކީ ކައުންސިލްގެ ފަރާތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި ހިންގަން ބޭނުންވާ ހަރަކާތްތައް ހިންގުމަށް އަމާޒުކުރެވިގެން ހެދިފައިވާ ތަނަކަށްވާތީ، އެކިއެކި ފަރާތްތަކަށް ރަސްގެ އޮޑި މާލަން ކުއްޔަށް ދޫކުރާ ގޮތަށް ހަމަޖެހި ފައިސާ ދައްކާފައި ވީނަމަވެސް، ކައުންސިލްގެ ބޭނުމަށް ކުއްލި ގޮތެއްގައި ހޯލު ބޭނުންވެއްޖެ ހިނދެއްގައި ހޯލު ކުއްޔަށް ހިފާ ފަރާތާއި މަޝްވަރާ ކުރުމަށްފަހު، ހޯލު ހިފުމަށް ހަދައިފައިވާ ބްކިންގްސް ކެންސަލް ކުރެވިދާނެއެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ދައްކާފައިވާ ފައިސާ އެކީގައި ރިފަންޑްކޮށްދެވޭނެއެވެ. ނަމަވެސް އެ ފަރާތަކުން މިކަމަށް ތައްޔާރުވުމުގެ ގޮތުން ކޮށްފައިވާ އެއްވެސް ޚަރަދަކަށް ނުވަތަ އެ ނޫންވެސް ކަމަށް މި އިދާރާގެ ފަރާތުން ޒިންމާއެއް ނުއުފުލާނެއެވެ. | 
| 
 | 
 | (ށ) | މި އުޞޫލުގައި ނުހިމެނުނުކަމުގައި ވީނަމަވެސް، ހޯލުގައި ބާއްވަން ޤަސްތުކުރާ ކަމެއްގެ މަޤުޞަދާ ޒާތައް ބަލައި އެ ކަމެއް ބޭއްވުމަށް ހޯލު ދޫނުކުރުމުގެ އިޚްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ. | 
| ޖަދުވަލު 1 | 
`
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ބ. ދަރަވަންދޫ، ދިވެހިރާއްޖެ
Secretariat of the Dharavandhoo Council,South Maalhosmadulu
Baa. Dharavandhoo, Republic of Maldives
ފޯމު ނަންބަރު: ....................................................
ރަސްގެ އޮޑި މާލަން ކުއްޔަށް ހިފުމަށް އެދޭ ފޯމު
| ހޯލު ކުއްޔަށް ހިފަން ބޭނުންވާ ފަރާތުގެ މަޢުލޫމާތު | ||||||
| ނަން: | 
 | އައިޑީކާޑު ނަންބަރު: | 
 | |||
| އެޑްރެސް: | 
 | މޮބައިލް ނަންބަރު: | 
 | |||
| ހޯލު ކުއްޔަށް ހިފަން ބޭނުންވާ ތާރީޚާއި މުއްދަތު | / / އިން | / / އަށް | ދުވަސް | |||
| ހޯލުގައި ހިންގަން ބޭނުންވާ ހަރަކާތް: | 
 | |||||
| ކުއްޔަށް ހިފުމަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު | |||
| އަދަދު | ތަކެތި | ދޫކުރާ އަގު | އަގު | 
| 
 | ރަސްގެ އޮޑި މާލަން | 24 ގަޑިއިރަށް ނަމަ -/2500 | 
 | 
| 
 | 
 | 12 ގަޑިއިރަށް ނަމަ -/1500 | 
 | 
| 
 | 
 | 3 ގަޑިއިރަށްވުރެ ދިގު 6 ގަޑިއިރަށްވުރެ ކުރު ނަމަ -/1000 | 
 | 
| 
 | 
 | 3 ގަޑިއިރަށްވުރެ ކުރު ނަމަ -/350 | 
 | 
| 
 | 
 | ދަރަވަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އަނބި، ފިރި އަދި ދަރިންގެ ޕާޓީ ބޭއްވުމަށް -/350 | 
 | 
| 
 | ގޮނޑި (ލިބެންހުރީ ޖުމުލަ 100 ގޮނޑި) | 
 | 
 | 
| 
 | މޭޒު (ލިބެންހުރީ ޖުމުލަ 10 މޭޒު) | 
 | 
 | 
| 
 | ޕްރޮޖެކްޓަރ | 
 | 
 | 
| 
 | ޕޯޑިއަމް | 
 | 
 | 
| 
 | ފްލިޕް ބޯޑު | 
 | 
 | 
| 
 | ސައުންޑް | 
 | 
 | 
| ޖުމުލަ އަގު ( ) | 
 | ||
| ހޯލް ކުއްޔަށް ހިފަން ބޭނުންވާ ފަރާތުގެ އިޤުރާރު | |||
| ރަސްގެ އޮޑި މާލަން ކުއްޔަށް ދިނުމާބެހޭ އުޞޫލާއި އެއްގޮތަށް ހޯލު ބޭނުންކުރުމުގައި ޢަމަލުކުރުމަށް އަޅުގަނޑު އެއްބަސްވަމެވެ. | |||
| ފުރިހަމަ ނަން: | 
 | ތައްގަނޑު: | 
 | 
| ސޮއި: | 
 | ||
| ތާރީޚް: | 
 | ||
| ރަސްމީ ބޭނުމަށް | ||||||
| ފޯމު ބަލައިގަތް މުވައްޒަފުގެ ނަން: | 
 | ތާރީޚް: | ސޮއި: | |||
| ނިންމެވިގޮތް: | ||||||
| ހުއްދަދެއްވި ވެރިޔާގެ ނަމާއި މަޤާމު: | 
 | ތާރީޚް: | ސޮއި: | |||
| ފައިސާ ކުރިއަށް ދައްކާ ގޮތަށް: ¨ | ބިލު ހަދާގޮތަށް: ¨ | |||||
| ފައިސާ ދެއްކި ރަސީދު ނަންބަރު: | 
 | |||||
| ހޯލާއި ތަކެތި ޙަވާލުކުރި ތާރީޚް: | 
 | ގަޑި: | 
 | |||
| ހޯލާއި ތަކެތި ޗެކުކުރި މުވައްޒަފުގެ ނަން: | 
 | ތާރީޚް: | ގަޑި: | |||