ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/142/2023/71
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 21:55
ސުންގަޑި: 14 މާރިޗު 2023 10:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާގުޅޭ

1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭގޮތުން 18 މޭ 2022 ގައި ގެޒެޓް ކޮށްފައިވާ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށެވެ.

     ޕްރޮޕޯޒަލްފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ކަރުދާސް 28 ފެބްރުއަރީ 2023  އިން ފެށިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓުން www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ އޮންނާނީ 02 މާރިޗު 2023  (ބުރާސްފަތި) ދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން 13 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ވާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކަން ވާނެއެވެ. 1 މާރިޗު 2023 ވަނަ ދުވަހުން ފެށިގެން 13 މާރިޗު 2023 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން ފެށިގެން 12:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10,000 (ދިހަހާސް) ރުފިޔާއެވެ.

ޕްރޮޕޯޒަލް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯޒަލްތައް  ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި، ޕްރޮޕޯޒަލް ހުށަހަޅާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

27 ފެބުރުވަރީ 2023