މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2023/67
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 09 މާރިޗު 2023 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ. ކިނޮޅަސް ޞިއްޙީ މަރުކަޒުގައި ޕޯރޓިކޯ އާއި، ގަރާޖު ހެދުމާއި، ވަށާފާރުލުމާއި ގުޅޭ

އިޢުލާން

ރ.ކިނޮޅަސް ޞިއްޙީމަރުކަޒުގެ ޕޯރޓިކޯ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)23-PD(PMS)/23/2022/548 (09 ނޮވެމްބަރ 2022) އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުވާތީ، އެއިޢުލާން ބާތިލުކޮށް މިމަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް މަސައްކަތްތައް ކޮށްދޭނެ  ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުން ފެށިގެން 09 މާރިޗު  2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 މާރިޗު 2023 ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 މާރިޗު 2023 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                            07 ޝައުބާން  1444

27 ފެބުރުވަރީ 2023