ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
| 
 މަޤާމް:  | 
 ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ  | 
| 
 ބޭނުންވާ އަދަދު:  | 
 01 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ކޮންޓްރެކްޓް  | 
| 
 ކްލެސިފިކޭޝަން / ރޭންކް:  | 
 ސީނިއަރއޮފިސަރ - ގްރޭޑް 3  | 
| 
 މުސާރަ:  | 
 މަހަކު 7500.00 ރުފިޔާ  | 
| 
 އެހެނިހެން ޢިނާޔަތްތައް:  | 
 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 3000.00 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.  | 
| 
 ފެންވަރު ނުވަތަ ޝަރުތު:  | 
 - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާސިލުކޮށްފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.  | 
| 
 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 - ހަމަޖެހިފައިވާ އުސޫލުގެ ދަށުން މުވައްޒަފުންގެ މުސާރަ އަދި ޕެންޝަން ޝީޓް ހެދުން - މުވައްޒަފުން ބައިވެރިވާ އެންމެހާ ކްރެޑިޓް ސްކީމްތަކުގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެޅުމާއި ސްކީމްގެ އެންމެހާ ކަންތައްތައް ބެލުން. - މުވައްޒަފުންގެ މުސާރަ އާއި ބެހޭ ރިޕޯޓްތައް ތައްޔާރުކުރުން. - މުވައްޒަފުންގެ މުސާރައާއި ގުޅޭގޮތުން ހުށައަޅާ މައްސަލަތައް ބަލާ، މެނޭޖަރުގެ ލަފަޔާ އެއްގޮތްވާގޮތުގެމަތިން ހަމަޖެހިފައިވާ އުސޫލުން ހައްލުކުރުން. - މުސާރަ އާއި އެހެނިހެން އެލަވަންސްތަކަށް އަންނަ ބަދަލުތައް އެޗް އާރު ސިސްޓަމަށް އަޕްޑޭޓްކޮށް އެކަމާ ބެހޭ ލިޔުންތައް ތައްޔާރުކުރުން. - މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މަހުން މަހަށް ހަދަންޖެހޭ ހާޒިރީ ރިޕޯޓްތައް ތައްޔާރުކުރުން. - މުވައްޒަފުންގެ ޗުއްޓީތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތުގެ މަތިން އެޕްރޫވްކުރުން. - ވަޒީފާ ދޭ މުވައްޒަފުންނާއި ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެޅުން. - ވަޒީފާގެ ބަޔާން ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފުން ލައްވައި ސޮއިކުރުވައި ވަޒީފާގެ ޗިޓްތައް ކަމާބެހޭ ފަރާތްތަކާއި ޙަވާލުކޮށް އެ ލިޔުންތައް ފައިލުކޮށް ބެލަހައްޓަމުންދޭ ތޯ ވިލަރެސްކުރުމާއެކު އެހީތެރިކަން ދިނުން.  | 
| 
 ސުންގަޑި:  | 
 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 02 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
  | 
| 
 އިންޓަވިއު:  | 
 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މާރިޗް މަހުގެ ތާރީޚެއްގައިއެވެ.  | 
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
03 ޝަޢުބާން 1444