ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 57-T/IU/2014/53
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 29 ޑިސެންބަރު 2014 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ކޮންފަރެންސް ސިސްޓަމެއް ގަންނަން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއިދާރާއަށް ކޮންފަރެންސް ސިސްޓަމެއް ގަންނަށް ބޭނުންވެގެން ކުރި 2014/52/T/IUފ-57 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީއާއި ހުށަހަޅާފައިވާ ގިނަ ފަރާތްތަކުގެ ސްޕެސިފިކޭޝަން ފުރިހަމަނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 4 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

30 ޞަފަރު 1436    

22 ޑިސެންބަރު 2014