ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަންގެ ފަރާތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒު، އިހައްދޫ ސްކޫލް އަދި އަބޫބަކުރު ސްކޫލްގެ އިންކުލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ހަރުދަނާ ކުރުމުގެ ގޮތުން، އެސްކޫލްތަކުގެ ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު (IUL)22-PU/22/2023/12 އިޢުލާން ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ޝަރުތު ފުރިހަމަނުވާތީ އެ ޕްރޮޕޯސަލްތައް ބާތިލްކުރުމަށްފަހު، މިތަމްރީން ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިޔާ ގްރާންޓް ޕްރޮޖެކްޓްގެ ދަށުންނެވެ.
ޓަރމްސް އޮފް ރެފަރަންސް:
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާ، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.
ބިޑް ރަޖިސްޓްރޭޝަން:
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ފެބުރުވަރީ 15 ން 2023 ފެބުރުވަރީ 21 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: forms.moe.gov.mv
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ފެބުރުވަރީ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ޕްރޮޕޯސަލް ހުށައެޅުން:
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2023 ފެބްރުވަރީ 27 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ލިންކް:bit.ly/3IteqFz
ޕްރޮޕޯސަލް އެޑްރެސް ކުރައްވީ ފަރާތް:
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
އީ-މެއިލް: [email protected]
ފޯން: 3341403,3341436