| މަޤާމު | އެސިސްޓެންޓް ލައިބްރޭރިއަން | 
| ބޭނުންވާ އަދަދު | 01 (އެކެއް) | ހަމަޖައްސާ ސެކްޝަން: އިސްލާމިކް ލައިބްރަރީ | 
| ރޭންކް | ޖީ.އެސް 3 | ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްމިކަލް އޮފިސަރ ގްރޭޑް 1 | 
| މުސާރަ | -/4,465 ރ. | ސާރވިސް އެލަވަންސް: -/1,500 ރ. | 
| މަގާމުގެ ޝަރުޠު | 
މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | 
| މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 
ލައިބްރަރީއަށް އެކިގޮތްތޮތުން އަލަށް ލިބޭ ފޮތްތައް ރަޖިސްޓަރީކޮށް ލޭބަލް ކުރުމަށްފަހު ފޮތްތައް ތަރުތީބުކުރުން.ލައިބްރަރީގެ މެމްބަރުކަމަށް އަލަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމާއި ކާޑު ތައްޔާރުކުރުމާއި އެފަރާތްތަކުގެ ރިކޯޑު ބެލެހެއްޓުން.ލައިބްރަރީގެ މެމްބަރުންނަށް ފޮތްދޫކުރުމާއި ދޫކުރެވޭ ފޮތްތައް މުއްދަތު ހަމަވާއިރު އަނބުރާ ގެނޭތޯ ބެލުން.މެމްބަރުންނަށް ދޫކުރެވިފައި ހުންނަ ފޮތްތަކުން މުއްދަތު ހަމަވާއިރު ނުލިބޭ ފޮތްތައް ހޯދުމަށްޓަކައި ފޮތް ދޫކުރެވިފައިވާ ފަރާތްތަކާ ގުޅައިގެން ފޮތްތައް ހޯދުމުގެ މަސައްކަތް ކުރުން.ލައިބްރަރީގައި ހުންނަ ފޮތްތަކަށް ލިބޭ ގެއްލުންތައް ބަލުން.ލައިބްރަރީން ޓައިޕް ކުރަންޖެހޭ ލިޔުންތައް ޓައިޕްކުރުމާއި ލިއެކިޔުންތައް ފައިލްކުރުން. | 
| ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް | 
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތު ތަޖުރިބް ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | 
| މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަން އަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/  އިސްލާމީ މަރުކަޒުގައެވެ. ( 08:00 ން 15:00 އަށް ) | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ. | 
| ސުންގަޑި 
31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ. ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv 
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161އީމެއިލް ކުރައްވާނީ [email protected]  އަށެވެ. |