ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އޮފިސަރ
އަދަދު:01
އަސާސީ މުސާރަ: ހަމަޖައްސާނީ ތަޢުލީމީ ފެންވަރަށާއި އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ބެލުމަށްފަހު
މަސައްކަތް ކުރަންޖެހޭތަން/ ޑިޕާޓްމަންޓް: އެސްޓީއޯ ހެޑް އޮފީސް / މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: -/1500ރ – -/2500ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެ
* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ
* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
* ޕެންޝަން
މަޤާމުގެ މަސްއޫލިއްޔަތު:
* މެނޭޖިންގ ޑިރެކްޓަރ ބިއުރޯއަށް ފޮނުވާ ޑޮކިއުމެންޓްތައް ބެލެހެއްޓުން
* މެނޭޖިންގ ޑިރެކްޓަރގެ މީޓިންގ ޝެޑިއުލް ކަންތައް ބެލެހެއްޓުން
* މިނޫންވެސް މެނޭޖިންގ ޑިރެކްޓަރ ބިއުރޯގެ އެހެނިހެން މަސައްކަތްތައްކުރުން
ތަޢުލީމާއި ތަޖްރިބާ:
* މަޤާމާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލު ކޮށްފައިވުން
* ދިވެހި އަދި އިނގިރޭސި މިދެބަހުން ފުރިހަމަޔަށް މުޢާމަލާތުކުރަން އެނގުން
* ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން
* މަޤާމުގެ ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344261 ފެކްސް: 3344341 ވެބްސައިޓް: www.stomaldives.com