ޢާންމު މަޢުލޫމާތު
ނަންބަރު: IUL)22-B/PRIV/2023/01
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 20 ފެބުރުވަރީ 2023 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޅެން ހެދުމުގެ މުބާރާތަކަށް ދަޢުވަތު

1. އިސެސްކޯގެ ފަރާތުން ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކަނޑައަޅާފައިވަނީ 21 މާރިޗު 2023 ގައެވެ. މި މުބާރާތަށް މިއަހަރު އިސެސްކޯގެ ފަރާތުން ކަނޑައަޅާފައިވާ  ތީމް އަކީ ކީރިތި ރަސޫލާ މުޙައްމަދު ގެ ނަމޫނާ ސިޔަރަތު. މިއެވެ.

2. ދިވެހިރާއްޖޭގެ ނޭޝަނަލް ކޮމިޝަންއަށް މި މުބާރާތުގައި  1 ކެނޑިޑޭޓަކު ބައިވެރިކުރުމުގެ ދަޢުވަތު ވަނީ ލިބިފައެވެ. ދިވެހިރާއްޖެއިން ބައިވެރިކުރާ ކެނޑިޑޭޓް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ޓީމްއަކުންނެވެ.

3. މި މުބާރާތުގައި އިސެސްކޯގެ މެމްބަރު ޤައުމުތަކުން ބައިވެރިކުރާ ޅެންތަކުގެ ތެރެއިން އެންމެ މޮޅު 7 ޅެމެއް ހޮވައި، އެފަރާތްތަކަށް، ދުނިޔޭގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި ބައިވެރި ވުމުގެ ދަޢުވަތު އިސެސްކޯއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

4. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އިނގިރޭސި ބަހުން ނުވަތަ ޢަރަބި ބަހުން ޅެން ހެއްދެވުމަށްފަހު އިސެސްކޯ ނެޝަނަލް ކޮމިޝަނަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ، 9 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ޅެން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 20 ފެބުރުވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް: [email protected]

12 ފެބުރުވަރީ 2023