ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)215-AS/1/2014/14
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 31 ޑިސެންބަރު 2014 14:00
ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ، ގްރޭޑް-1

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ، ގްރޭޑް-1

ކްލެސިފިކޭޝަން:

އޮފިސަރ، ގްރޭޑް-1

ސިވިލް ސަރވިސްގެ ރޭންކް:

ޖީ.އެސް-2

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/5,200 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

އެކު ޖުމްލަ:

-/11,540 ރުފިޔާ

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު)ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ފެންވަރު ނުވަތަ ޝަރުޠު:

އޭލެވެލްގެ 3 މާއްދާއިން އިނގިރޭސިއާ ދިވެއްސާއެކު ދަށްވެގެން ސީ ފާސް ލިބިފައިވުން، ނުވަތަ،

އޯލެވެލްގައި އިނގިރޭސިއާއި ދިވެއްސާއެކު 5 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ތަޙުޤީޤު ބަޔާންތަކުގެ އޯޑިއޯ/ވޯޑްޑޮކިއުމަންޓްސް ބަލަހައްޓާ ޓައިޕްކޮށް ސޮއިކުރުވުން.

2- ކޮމިޝަނުން ކުރާ ތަޙުޤީޤުތަކާ ގުޅޭގޮތުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.

3- މައްސަލަތަކުގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން

4- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުން

5- މައްސަލަތަކުގެ ރިޕޯޓު ޓައިޕްކުރުން.

6- ތަޙުޤީޤަށް ގެނެވޭ މީހުންގެ ބަޔާން ނަގާއިރު ހެއްކެއްގެ ގޮތުގައި އިނުން

7- ފޯނުން ހުށަހަޅާ މައްސަލަތަކަށް ޖަވާބުދާރީވެ، ޓައިޕްކޮށް، އެންޓްރީއަށް ފޮނުވުން.

8- ސެކްޝަންގެ އިދާރީ ބޭނުންތަކަށް ތައްޔާރުކުރާ ލިޔެކިޔުން ތައްޔާރުކޮށް، ފައިލުކޮށް ބެލެހެއްޓުން.

9- މިނޫނަސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ކުރުމަށް އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ފޯމުގައި ބުނެފައިވާ ލިޔުންތައް. (އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)

ނޯޓް:

  • އެޕްލިކޭޝަން ފޯމް ހުށަހަޅާނީ ރަސްމީގަޑީގައި (08:00 އިން 15:00އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.
  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމްތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.

ސުންގަޑި:

  • 2014 ޑިސެންބަރު 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ސުންގަޑީގެ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މިމަޤާމުތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމީ ސެކްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ  ފަރާތްތަކެވެ.

- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ޓައިޕިންގް ޓެސްޓެއް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014