| ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ. | 
| މަޤާމު | ވެށިފާރަވެރިން | 
| ރޭންކް | ސަޕޯރޓް ސަޓާފް | 
| މުސާރައާއި ޢިނާޔަތްތައް | މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު) | 
| ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން | ރ. ވަންދޫ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) | 
| ބޭނުންވާ އަދަދު | 10 | 
| ޝަރުޠު | 
ދިވެހި ރައްޔިތެއް ކަމުގައިވުންގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުންއަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުންމަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
ވަންދޫއަށް ގެނެވޭ ކުނި ސްޓޯރޭޖް ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރުމާއި އެ މަސަތްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.ކުނި ބައިބައި ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ކުރުމާއި ކުނި ވަކި ކުރުމަށްފަހު ޝްރެޑް ކުރުމާއި ބޭލް ކުރުމުގެ މަސައްކަތުގައި އެހީތެރިވުން.ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ސައިޓުގެ ޑިއުޓީ ރޮސްޓަރ އާއި އެއްގޮތަށް ދުވަހުން ދުވަހަށް ޑިއުޓީ އަދާކުރުން.ސައިޓުގައި (ޑިއުޓީ ގަޑީގައި) އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން.ސައިޓުގައި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތައް މަސައްކަތްތައް ކުރުން އަދި އުސޫލާއި ޚިލާފަށް ހިނގާ މަސައްކަތްތައް ފާހަގަކޮށް ސުޕަވައިޒަރަށް ރިޕޯރޓްކުރުންސައިޓުގައި މަސައްކަތްކުރުވުމަށް ތިބޭ ސުޕަވައިޒަރުންގެ އެންގުންތަކާއި އެއް ގޮތައް މަސައްކަތްތައް ކުރުންސައިޓުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުން އަދި ސައިޓުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރުންނައް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން.ކޯޕަރޭޝަނުން ވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.ވަންދޫ ފެސިލިޓީގެ އެކިއެކި ޑިޕާރޓްމަންޓްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި  އޮފީހުން އަންގާ ގޮތެއްގެ މަތީން އަމަލީގޮތުން ބައިވެރިވުން.ވަންދޫއަށް ގެނެވޭ ތަކެއްޗާއި، ވަންދޫގައި ހުރި ތަކެއްޗާއި ތަންތަނާއި މީހުން ގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ކޯޕަރޭޝަންގެ ވިޔަފާރިއާއި މަސައްކަތަށް އުނިކަމެއް އަންނާނެފަދަ އެއްވެސް އަމަލެއް ނުހިންގުން | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: | 
މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުންމީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން | 
| ހުށަހަޅަންޖެހޭ ތަކެތި:   | 
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ | 
| ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން: | 2023 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected]  ހުށަހެޅުއްވުން. | 
| އިންޓަރވިއު: | - އިންޓަރވިއުއާއި އިމްތިޙާނުކުރުން 2023 ފެބްރުއަރީ މަހުގައިކުރިއަށް ގެންދެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ. | 
| 14  ރަޖަބް 1444 05 ފެބްރުއަރީ 2023 |