ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ
ދިވެހިރާއްޖެ ނަންބަރު :22EDF/22/2023/24
އިޢުލާން
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލުން :
މާލެ ސިޓީގެ ވިލިނގިލި އަވަށުގައި ހުރި "އެދުރުވެހި" އާއި މާލޭގައި ހުރި " އެދުރުހިޔާ" ޢިމާރާތުން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށްހިފުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލަމެވެ.
ވީމާ، އެދުރުހިޔާ އަދި އެދުރުވެހީގެ ފްލެޓްތައް ކުއްޔަށް ދިނުމުގެ އުޞޫލްގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން އެ އުޞޫލާ އެކުގައިވާ އެޕްލިކޭޝަން ފޯމް ("އެދުރުހިޔާގެ ފްލެޓަށް އެދޭ ފޯމް" ނުވަތަ "އެދުރުވެހީގެ ފްލެޓަށް އެދޭ ފޯމް") މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ ސަރުކާރުގެ ގެޒެޓް ވެބްސައިޓުން ޑައުންލޯޑް ކުރައްވައިގެން ނުވަތަ ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 13:00 އާ ދެމެދު އެދުރުހިޔާ 9 ވަނަ ފަންގިފިލާ ކައުންޓަރަށް ވަޑައިގެން ފޯމްގެ ކޮޕީ ހޯއްދަވައި ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ (އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ) ލިޔުންތަކާއެކު 2023 ފެބްރުއަރީ 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 2023 މާރިޗު 05 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:30 އަށް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށަހަޅާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ހުސްވެފައިވާ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، 1 ކޮޓަރި އަދި 2 ކޮޓަރީގެ ފްލެޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ތަރުތީބުން ކޮންމެ ގިންތިއަކުން ވެއިޓިންގ ލިސްޓްގެ ގޮތުގައި އިތުރު 10 ފަރާތެއް ހޮވޭނެއެވެ. ވެއިޓިންގ ލިސްޓް އާއްމުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ވަންދެން އެ ލިސްޓްގައިވާ ތަރުތީބުން ހުސްވާ ފްލެޓްތައް ދޫކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3341195 އަށް ނުވަތަ 3341232 ފޯނަށް ގުޅުއްވުމުން ނުވަތަ އީމެއިލް [email protected] އިން ސާފުކޮށްދެވޭނެއެވެ.
10 ރަޖަބު 1444
01 ފެބުރުވަރީ 2023