ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)416-CAA/416/2023/12
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 02 ފެބުރުވަރީ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.މަޑަވެލީގެ މަސްޖިދުލް ބަރަކާތު މިސްކިތުގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަ ނަމާދުކުރާނެ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ.

ގދ.މަޑަވެލި މަސްޖިދުލް ބަރަކާތު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދު ކުރާނެ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއި އެކު 02 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި، ސިޓީއަކުން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް [email protected]  އަށް ފޮނުވުން އެދެމެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރައްވާފައިވާ އިމާމުވެ ހުކުރު ނަމާދާއި ޢީދުނަމާދު ކުރުމުގެ ހުއްދައިގެ ކޮޕީ.
  2.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
26 ޖަނަވަރީ 2023