ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2023/012
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 30 ޖަނަވަރީ 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލައިބްރޭރިއަން / ޑެޕިއުޓީ ލައިބްރޭރިއަން (ކޮންޓްރެކްޓް)

މަޤާމް :ލައިބްރޭރިއަން / ޑެޕިއުޓީ ލައިބްރޭރިއަން (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަޤާމް:                     

ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 21 މާރިޗު 2023 ގެ ނިޔަލަށް

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

މުސާރަ:

މަހަކު 9,124.50 ރ

ސަރވިސް އެލަވަންސް:

މަހަކު 3,910.50 ރ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 7/8 ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔު.އެފް ލެވެލް 5/6 ގެ ސެޓްފިކެޓަކަށްފަހު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ލައިބްރޭރިއަންގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ޑެޕިއުޓީ ލައިބްރޭރިއަން (ސްޕައިން ޕޮއިންޓް 27) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:     

ޑެޕިއުޓީ ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 21 މާރިޗު 2023 ގެ ނިޔަލަށް

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

27

މުސާރަ:

މަހަކު 7،835.52 ރ

ސަރވިސް އެލަވަންސް:

މަހަކު 3،358.08 ރ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ލައިބްރަރީގެ ސިޔާސަތުތައް އެކުލަވާލާ ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން މަސައްކަތްކުރުން.
  2. ލައިބްރަރީގެ ޕްލޭންތައް ހެދުމާއި، އެޕްލޭންތަކާއި އެއްގޮތަށް އެންމެހާ ލައިބްރަރީތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި، އެޕްލޭންތައް ތަންފީޒްކުރުމުގައި ދިމާވާކަންކަމަށް ހައްލު ހޯދައިދިނުމާއި މޮނިޓަރކުރުން.
  3. ލައިބްރަރީގައި ކުރެވޭ އެންމެހާ ކަންތައްތަކާއި ގުޅޭ ޕްރޮސީޖަރ / އެސް.އޯ.ޕީ ފަދަ ބައިތައް ތައްޔާރުކުރުމާއި، ލައިބްރަރީ މުވައްޒަފުންނަށް މަސައްކަތާއި ގުޅޭގޮތުން އިރުޝާދާއި ތަމްރީނުދީ، ޔުނިވަރސިޓީގެ ހުރިހާ ލައިބްރަރީއެއްގައި މަސައްކަތްކުރަން އެނގޭނޭގޮތަށް އެތަންތަނަށް އަހުލުވެރިކުރުވައި، މޮނިޓަރކުރުން.
  4. ލައިބްރަރީ މަސައްކަތްތަކުގެ ތެރެއިން ލައިބްރޭރިއަން ޒިންމާވާގޮތަށް ހަމަޖެއްސޭ މަސައްކަތްތައް ރޭވުމާއި، މަސައްކަތް ހިނގާގޮތްބެލުމާއި، ސީނިއަރ މެނޭޖްމަންޓް ޓީމާއި އެކު މަޝްވަރާކޮށް ހައްލުހޯދުމާއި، މަސައްކަތް މޮނިޓަރކޮށް ބެލުން.
  5. ލައިބްރަރީއަށް ފޮތް ހޯދުމުގައި (ގަތުމާއި، ޑޮނޭޝަންސް) މަސައްކަތް ކުރުމާއި، އެއާއި ގުޅިގެން ކުރަންޖެހޭ އެންމެހޭކަންކަމުގައި އެހީތެރިވެ، ފޮތްލިބުމުން ޕްރޮސެސްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ސާރކިޔުލޭޝަންއަށް ފޮތްތައް ނެރުމުގައި ކުރަންޖެހޭ ކަންކަން ކުރުން / ކުރުވުން.
  6. ޔުނިވަރސިޓީއާއި ލައިބްރަރީ ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރާކަންކަން ރޭވުމާއި، ބައިވެރިވުމާއި، އިންތިޒާމްކުރުމާއި އެކަންކަން ކާމިޔާބުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
  7. ލައިބްރަރީގެ އޮންލައިން ކެޓަލޮގް އަދި ޑާޓާ ބޭސް ތައް ބެލެހެއްޓުމުގައި ބައިވެރިވެ ކުރަންޖެހޭ ކަންކަން ކުރުމާއި މިބައިތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް އަންގައިދިނުމަށް ހިންގާ އިންފޮމޭޝަން ލިޓަރަސީ ސެޝަންތައް ރާވައި ހިންގުން.
  8. ލައިބްރަރީ ހިންގުމުގައި ހެދޭ ޤަވާއިދުތަކާއި، އުޞޫލްތައް އަދި ތާވަލްތައްހަދާ / ހެދުމުގައި ބައިވެރިވެ،އެކަންކަން ތަންފީޒްކުރުމުގައި ދެމިހުރުން.
  9. މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި، އިންޑަކްޝަން ހިންގުމުގައި، އެޕްރޭސް ކުރުމުގައި އަދި ޕްރޮމޯޝަންދިނުމުގައި  ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ބައިވެރިވެ ކުރުން.
  10. މީގެ އިތުރުން ޔުނިވަރސިޓީގެ މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ޙަވާލު ކުރެވޭ މަސައްކަތެއް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2023 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2023-012

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
23 ޖަނަވަރީ 2023