ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2014/470
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި: 09 ޑިސެންބަރު 2014 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ 1

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ 1

އަދަދު: 1

އަސާސީ މުސާރަ: -/3380ރ. އާއި -/4350ރ. ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހޯމް އިމްޕްރޫވްމަންޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1750ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންސަން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނާއި ޑީލްކުރުން
  • ގިނަވަގުތު މަަސައްކަތް ކުރެވުން އަދި ސިފްޓް ޑިއުޓީއަށް ނުކުމެވުން
  • ވިޔަފާރި ކުރިއެރުވުމާއި ތަނުން ލިބިދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން

ތަޢުލީމީ ތަޖުރިބާ:

  • ޖީސީއީ އޯލެވެލް ނިންމާފައިވުން
  • ގިނަ ވަގުތު މަސައްކަތް ކުރެވޭވަރު މީހެއްކަމުގައިވުން
  • މަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ޑިސެންބަރު 2014ވާ އަންގާރަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ފެކްސް:3344041  ވެބްސައިޓް: www.stomaldives.com

04 ޑިސެންބަރު 2014